India ina Rohingya Muslimun Deport kurumaa dhekolhah koatah
image
ާހާލުގައި ގެހިފައި ތިބި ރޮހިންޔާ ބައެއް
0 ކޮމެންޓް
 

އިިންޑިއާއިން ރޮހިންޔާ މުސްލިމުން ޑީޕޯޓް ކުރުމާ ދެކޮޅަށް ކޯޓަށް!

އިންޑިޔާ ސަރުކާރުން ރޮހިންޔާ މުސްލިމުން ޑީޕޯޓް ކުރުމަށް ކުރާ މަސައްކަތާއި ދެކޮޅަށް، ރޮހިންޔާ މުސްލިމުން އިންޑިޔާގެ ސްރްރީމް ކޯޓަށް މައްސަލަ ހުށަހަޅާފިއެވެ.
މި މައްސަލަ އިންޑިޔާގެ ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ރޮހިންޔާ ދެ ރައްޔިތެކެވެ. އަންގާރަ ދުވަހު ސްޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ދެ މީހުން ވަނީ މިކަމާ ދެކޮޅަށް ޕެޓިޝަން ތަކެއް ހުށަހަޅާފައިއެވެ.

އިންޑިޔާ ދައުލަތުގެ ވަކީލް ކޯޓް ގައި ބުނެފައި ވަނީ ރޮހިންޖިޔާ މީހުންނަކީ އިންޑިޔާގެ ގައުމީ ސަލާމަތަށް ހުރި ބިރެއް ކަމަށެވެ. އަދި އެޔާއެކު އިންޑިޔާ އިގްތިސާދަށް ގެއްލުން ލިބޭނެ ކަމަށެވެ.

އަންގާރަ ދުވަހު އޮށް އަޑުއެހުމުގައި ދެ ފަރާތުގެ ވާހަކަ އަޑު އަހާފައިވާ އިރުގައި ކޯޓުން ވަނީ ދެން އަންނަ އަޑުއެހުމެއްގައި ދެ ފަރާތުން ވެސް އިތުރަށް ދައްކަން ޖެހޭ ވާހަކަތަށް ފުރުސަތު ލިބޭނެ ކަމަށް ބުނެފައެވެ. މި މައްސަލާއިގެ އިތުރު އަޑު އެހުމެއް މި މަހު 13 ވަނަ ދުވަހުގައި އޮންނާނެއެވެ.

ސައުތު އޭޝިއާ ހިއުމަން ރައިޓްސް ޑޮކުމެންޓޭޝަން ސެންޓާގެ އެކްޒެކެޓިވް ޑިރެކްޓާ ރާވީ ނައިރް ބުނެފައިވަނީ އިންޑިޔާގެ ގާނޫނު އަސާސީ ބުނާގޮތުންނަމަ އެ ގައުމުގެ ރައްޔިތުންނާއި އަދި އެހެން މީހުންނަށް ވެސް ދިރިއުޅުމުގެ ހައްގުލިބިގެން ވާކަމަށެވެ.

މިޔަންމާގައި ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާ ތަކުގެ ސަބަބުން، ސަލާމަތް ވުމަށް އެ ސަރަހައްދުން އެތައް ލައްކަ ބަޔަކުވަނީ އަވަށްޓެރި އެހެން ގައުމުތަކަށް ހިޖުރަ ކޮށްފައެވެ. މި ޖަރީމާގައި އެތައް މުސްލިމުންނެއްވަނީ މަރާލާފައެވެ. މުސްލިމުންގެ ގެދޮރުގައި ހުޅުޖަހާ ދަނީ އަންދަމުންނެވެ.

އިންޑިއާ އަށް ހިޖުރަ ކުރި ސާޅީސް ހާސް ރޮހިންޔާ ރެފިއުޖީން ތެރެއިން ސޯޅަ ހާހަށް ތުރެ ގިނަ މީހުން އދ ރެފިއުޖީ އޭޖެންސީގައި ވަނީ ރަޖިސްޓްރީ ކޮށްފައިއެވެ. އެހެން ނަމަވެސް ޑީޕޯޓް ކުރާ އިރުގައި އެ މީހުންވެސް ޑީޕޯޓް ކުރާނެ ކަމުގައި ވަނީ ބުނެފައިއެވެ.

ރޮހިންޔާ މުސްލުމުން އެ ގައުމަށް ޑީޕޯޓް ކޮށްލައިފި ނަމަ އެ މީހުންނަށް މަރާ ކުރަމަތިލާން ޖެހިދާނެ ކަމަށް އދ ގެ ކުރީގެ އަންޑާ ސެކެޓްރީ ވަނީ ބެފައިއެވެ.
ހިޔާލު