Dhiraagu Youth Fest Fashaifi, Moodhu Kulhivaruthah Hiley Thajuribaa Kohleveyne
image
ވިލިމާލޭގައި ކުރިއަށްދާ ދިރާގު ޔޫތު ފެސްޓްގެ ތެރެއިން
0 ކޮމެންޓް
 

ދިރާގު ޔޫތު ފެސްޓު ފަށައިފި، މޫދު ކުޅިވަރުތައް ހިލޭ ތަޖުރިބާ ކޮށްލެވޭނެ

މޫދު ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ދިރާގުން ބާއްވާ "ދިރާގު ޔޫތު ފެސްޓް 2017 ވޯޓާ ސްޕޯޓްސް އެޑިޝަން" ފަށައިފިއެވެ.
އެ ހަރަކާތް ފަށައިފައިވަނީ މިއަދު ހެނދުނު ވިލިމާލޭގައެވެ. ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "ދިރާގު ޔޫތު ފެސްޓް" ކުރިއަށްދާނީ މިއަދު 10:00 ން 18:00 އަށް ވިލިމާލޭ ސްޕޯޓްސް ބީޗުގައެވެ.


ދިރާގުން ކުރިއަށްގެންދާ ދިރާގު ޔޫތު ފެސްޓް 2017ގެ ތެރެއިން

ވިލިމާލޭގައި ކުރިއަށްދާ ހަރަކާތަކީ މޫދު ކުޅިވަރު ކުޅުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހިލޭ ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެ ހަރަކާތް ކުރިއަށްދަނީ މޫދު ކުޅިވަރާއި، ލައިވް މިއުޒިކާއި ބާބެކިޔުއާއެކުގައެވެ. އަދި ބީޗު ކުޅިވަރު ކުޅުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.




ހިޔާލު