Islamic Foundation ge Faraathun Rohingya Muslimunnah 1 Million Ruffiya
image
އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ފައިސާގެ އެހީ އިސްލާމިކް ރިލީފް ވޯލްޑްވައިޑްއާ ހަވާލުކުރަނީ--ފޮޓޯ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް
0 ކޮމެންޓް
 

އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ރޮހިންޔާ މުސްލިމުންނަށް 1 މިލިއަން ރުފިޔާ

މިޔަންމާއިން ބަންގްލަދޭޝްއަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައިވާ ރޮހިންޔާ މުސްލިމުންނަށާއި ރާހައިން ސްޓޭޓްގައި ހާލުގައިޖެހިފައިވާ ރޮހިންޔާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން ހުޅުވާލި ފަންޑަށް ލިބިފައިވާ އެއް މިލިޔަން ދިވެހި ރުފިޔާ (64859 އެމެރިކާ ޑޮލަރު) އެ ޖަމިއްޔާއިން ހަވާލުކޮށްފި އެވެ.
އެހީގެ ގޮތުގައި ކާބޯތަކެއްޗާއި އެ ނޫންވެސް އިންސާނީ ވަސީލަތްތައް ޤާއިމްކޮށްދިނުމަށްޓަކައި ފައިސާގެ އެހީ ހަވާލުކޮށްފައި ވަނީ އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ރިލީފް ވޯލްޑްވައިޑް އާއެވެ.

އެ ފައިސާ، އިސްލާމިކް ރިލީފް ވޯލްޑްވައިޑްއާއި ހަވާލުކޮށްފައި ވަނީ ރޮހިންޔާ މުސްލިމުންގެ ހާލަތު ދެނެގަތުމަށްޓަކައި އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ގެ ފަރާތުން މިހާރު ބަންގްލަދޭޝްގައި ހަރަކާތްތެރި ވަމުންދާ އެ ޖަމިއްޔާގެ ރައީސް އިބްރާހީމް ފައުޒީ އާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ނާޒިމެވެ.

އިސްލާމިކް ރިލީފް ވޯލްޑްވައިޑްގެ ފަރާތުން އެހީގެ ފައިސާއާއި ހަވާލުވެ ވަޑައިގެންނެވީ އެޖަމިއްޔާއިން ބަންގްލަދޭޝް އަށް ކަނޑައަޅުއްވާފައި ހުންނަވާ ހެޑް އޮފް ހިޔުމަނިޓޭރިއަން ޕްރޮގްރާމްގެ ވެރިޔާ ޣުލާމް މުއުތަސިމް ބިﷲ އެވެ.

އިސްލާމިކް ފައުންޑޭޝަނުން ބަންގްލަދޭޝްއަށް މިހާރު ކުރަމުންދާ ދަތުރުގައި ރެފިއުޖީ ކޭޕްތަކުގައި ތިބި ބައެއް މީހުންނަށް ވަނީ އަންނައުނު ފޯރުކޮށްދީފައެވެ.
ހިޔާލު