Rohigya Meehun Govaigen Dhiya Boateh Bandun Jahaalaa 12 Maru
image
ރޮހިންޔާ ބަޔަކު ބަންގުލަދޭޝަށް ފައިބަނީ---ފޮޓޯ:އޭއެފްޕީ
0 ކޮމެންޓް
 

ރޮހިންޔާ މީހުން ގޮވައިގެން ދިޔަ ބޯޓެއް ބަންޑުން ޖަހާލާ 12 މަރު

މިޔަންމާގެ އަސްކަރިއްޔާއަށް ފިލައިގެން ބަންގުލަދޭޝަށް ދާން މަސައްކަތް ކުރި ރޮހިންޔާ މީހުން ތިބި ބޯޓެއް ބަންޑުން ޖަހާލައި 12 މީހަކު މަރުވެއްޖެއެވެ.
ރޮހިންޔާގެ 100 އެއްހާ މީހުން ގޮވައިގެން ދަތުރު ކުރި އެ ބޯޓު ބަންޑުން ޖަހާލާފައިވަނީ ނަފް ކޯރުގެ ތެރޭގައި ބަންގުލަދޭޝާއި ވަރަށް ކައިރިއަށް ދެވިފައިވަނިކޮށެވެ.

މަރުވެފައިވާ 12 މީހުންގެ ތެރޭގައި ހިމެނެނީ 10 ކުޑަ ކުދިންނާއި އަންހެނަކާއި ފިރިހެނެކެވެ.

ބޯޑަރު ހުރަސްކޮށް ބަންގުލަދޭޝަށް ދަނިކޮށް ރޮހިންޔާގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ. ކަނޑުމަގުން ބޯޑަރު ހުރަސްކޮށް ބަންގާޅަސް ދިއުމަށް މަސައްކަތް ކުރަމުން ދަނީ މަދު ބައެކެވެ.

މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު ރާހިން ސްޓޭޓުގައި މިޔަންމާގެ އަސްކަރިއްޔާއިން ފެށި ޖަރީމާތަކަށް ފިލުމަށް 400000 އެއްހާ މީހުންވަނީ ހަމައެކަނި ބަންގުލަދޭޝަށް ވަދެފައެވެ.

މިޔަންމާ
ހިޔާލު