Addu ah Current Dhinumah FENAKA fail vejje
image
މެމްބަރުން މިއަދު ޕްރެސްގައި
1 ކޮމެންޓް
 

އައްޑޫއަށް ކަރަންޓް ދިނުމަށް ފެނަކަ ފެއިލް ވެއްޖެ: މެމްބަރުން

އައްޑޫ ސިޓީއަށް ކަރަންޓް ދިނުމަށް ފެނަކަ ކޯޕަރޭޝަން ފެއިލް ވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވިދާޅުވެއްޖެއެވެ. Dhiraagu
އައްޑޫ ކަރަންޓް މައްސަލާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އައްޑޫއަށް ހިދުމަތް ދިނުމަށް ފެނަކައިން ހަވާލުވި ދުވަހުން ފެށިގެންވެސް ރަނގަޅު ހިދުމަތެއް ނުދެވޭ ކަމުގައެވެ.

އަދި އައްޑޫއަށް ހިދުމަތް ދިނުމުގައި ފެނަކަފެއިލްވެފައި ކަމަށާއި ފެނަކައަށް ވުރެ އަގު ހެޔޮކޮށް އައްޑޫއަށް ކަރަންޓް ދޭނެކަމަށް ބުނެފައިވާ ސްޓެލްކޯއާއި ހަވާލު ކުރުމަށް ރޮޒައިނާ ގޮވާލެއްވިއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވީ އައްޑޫއަކީ ފައިދާ ވާގޮތަށް ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ތަނެއް ކަމަށާއި ފެނަކައިން އެކަން ނުވާ ކަމަށްވާނަމަ އިންވެސްޓް ކޮށްގެން އެކަން ކުރެވޭނެ އަމިއްލަ ފަރާތަކަށް ނަމަވެސް ދޫކޮށްލަން ގޮވާލާ ކަމުގައެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ހަތަރު ޖަނަރޭޓަރެއް އެއްފަހަރާ ހަލާކުވެގެން ދިޔައީ ބެލެހެއްޓުންތެރިކަން ވަރަށް ކުޑަވެގެންކަމަށް ގަބޫލު ކުރައްވާ ކަމުގައެވެ.

މީގެ އިތުރުން މިހާރު ފެނަކައިން އައްޑޫގައި ހިދުމަތް ދާގޮތުން 40 އަކަށް ޕަސެންޓް ޚަރަދު ދަނީ ބާކީވެގެން ކަމަށް ޝަރީފު ވިދާޅުވިއެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވީ މި ސަރުކާރަކީ 24 ގަޑީއިރު ކަރަންޓް ޔަގީންކޮށޤގޭނެ ކަމުގެ ޔަޤީންކަން ދިނުމަށްފަހު ވެރިކަމަށް އައިސްފައިވާ ސަރުކާރެއް ކަމުގައެވެ.

އަދި ކުރީގެ ސަރުކާރުން ކަމެއް ނުކޮށް ވާހަކަމަށް ބުނެ ދެއްކޭނެ ހުއްޖަތެއް ނެތްކަމަށް ދީދީ ވިދާޅުވިއެވެ.
ހިޔާލު

އަހަންމާބެ

އައްޑޫ މެންބަރުން ފެއިލްވެފައިވާތީ، ކަމެއް ނުކުރެވިގެން އުޅެނީ، އެއްކަމެއްވެސް ކޮށްދޭނެކަމެއްނެތް، ކަރަންޓްވެސް ކަނޑާލަންވީ، ހާދަ ނުބައި ބަޔެކޭ ތިއީ، ނުލަފާ ޖައްބާރު ބައެއް.