Addu ah Generator Set thah Gengosfi
image
އައްޑޫ އަށް ޖެނަރޭޓަރ ސެޓްތައް ގެންގޮސްފި
0 ކޮމެންޓް
 

އައްޑޫ އަށް ޖެނަރޭޓަރ ސެޓްތައް ގެންގޮސްފި

އައްޑޫ ސިޓީ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ގެންދާ ދެ ޖަނަރޭޓަރ ސެޓް މިރޭ ގެންގޮސްފިއެވެ. dhi2
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ޖެނަރޭޓަރ ސެޓްތައް ހިފައިގެން ދިޔަ އުޅަނދު ހިދަތޫ ބަނދަރަށް ވަދެފައިވާ ކަމުގައެވެ. އަދި ޖެނަރޭޓަރ ސެޓްތައް އޮފްލޯޑް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަނަރޭޓަރ ސެޓްތައް އިންސްޓޯލް ކުރުމަށް 20 ޓެކްނީޝަނުން ދެ ގުރޫޕަކަށް މަސައްކަތް ކުރަމުން ގެންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

އައްޑޫގައި މައްސަލަ ޖެހިފައިވާ ހަތަރު ޖަނެރޭޓަރު ފެށްގެ ތެރެއިން އެއް ޖަނަރޭޓަރ ސެޓް މަރާމާތަށް ނެރެފައިވާ ކަމަށާއި އަނެއް ތިން ސެޓް މަރާމާތު ނުކުރެވިގެން އުޅެނީ ބޭނުންވާ ސްޕެއަރ ނުލިބިގެން ކަމަށް ޝަރީފު މީގެ ކުރިންވަނީ ވިދާޅުވެފައެވެ.

މިރޭ އައްޑޫއަށް ގެންގޮސްފައިވަނީ 1.2 މެގަވޯޓްގެ ޖަނަރޭޓަރު ސެޓަކާއި އެއް މެގަވޯޓްގެ ޖަނަރޭޓަރ ސެޓެކެވެ.
ހިޔާލު