MIRA ah Libunu Aamdhanee 10 Percent Dhashah
image
މީރާ-ފައިލް ފޮޓޯ މީރާ
1 ކޮމެންޓް
 

މީރާއަށް ލިބުނު އާމްދަނީ 10 އިންސައްތަ ދަށަށް

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލައިރު މިއަހަރުގެ ސެޕްޓެމްބަރު މަހު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ 10.4 އިންސައްތަށް ދަށަށް ހިނގައްޖެއެވެ.
މީރާއިން އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުގައިވާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް ލިބިފައިވަނީ 989.7 މިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ބަލައިގަތް 43.6 މިލިއަން ޑޮލަރު ހިމެނެއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީރާއިން ހާމަކުރި ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީއަކީ ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ 10.7 ދަށް މިންވަރެކެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ.

ސެޕްޓެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރެއިން 47.8 އިންސައްތަ ހިއްސާކުރަނީ ޖީއެސްޓީއެވެ. ޖީއެސްޓީގެ ގޮތުގައި މީރާއަށް މިދިޔަ މަހު 473 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ހިޔާލު

ދަންފަޅި

ތީގެން ދަށްކާދެނީ ކުދިއަދިމެދުފަންތީގެ ވިޔަފާރިތަކަށް ހުރި ގޮންޖެހުން. ވިޔަފާރި ނުލިބުން