27 Aharahfahu Furathama Faharah Saudi ge Airline Akun Iraaqah Dhathurukohfi
image
ފްލައިނަސްގެ ފްލައިޓެއް
0 ކޮމެންޓް
 

27 އަހަރަށްފަހު ފުރަތަމަ ފަހަރަށް ސައުދީގެ އެއާލައިނަކުން އިރާގަށް ދަތުރުކޮށްފި

ސައުދީގެ ކޮމާޝަލް އެއާލައިނަކުން، 27 އަހަރަށްފަހު ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާއިން އިރާގަށް ދަތުރުކޮށްފިއެވެ. Dhiraagu
ސައުދީގެ ބަޖެޓް އެއާލައިނެއް ކަމުގައިވާ ފްލައިނަސް އިން، ވަނީީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުން އިރާގުގެ ވެރިރަށް ބަގުދާދަށް ދަތުރުކޮށްފައެވެ.

ދަތުރުތައް އަލުން ފެށުމުގެ ގޮތުން ބުދަ ދުވަހު ކުރި ދަތުރުގެ ޓިކެޓް ވިއްކަން އިއުލާނުކޮށްފައިވަނީ ހަތް ޑޮލަރަށެވެ.

ފްލައިނަސް އިން ވަނީ ބަގުދާދަށް ދަތުރުކުރި ފަސިންޖަރުންނާއި ކެބިން ކްރޫންގެ ފޮޓޯއެއް ޓްވީޓްކޮށްފައެވެ.

ސައުދީ އަރަބިއްޔާ އިން އިރާގާއި ދެމެދު ކޮމާޝަލް ފްލައިޓް ދަތުރުން ހުއްޓާލީ 1990 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ދަތުރުތައް ހުއްޓާލީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސައިން، ކުވައިތަށް، އިރާގު ސިފައިން އެރުމަށް އަމުރު ކުރެއްވުމުންނެވެ.

ސައުދީގެ ގައުމީ އެއާލައިން ސައުދިއާއިންވެސް ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ބަގުދާދަށް ދަތުރުތައް ފެށުމަށް ނިންމާފައެވެ.
ހިޔާލު