"Antonio Conte Ah Chelsea Gai Dhen Maagina Dhuvaheh Nei"
image
އެންޓޯނިއޯ ކޮންޓޭ ޗެލްސީ ލަނޑެއް ޖެހުމުން އުފާފާޅު ކުރަނީ ފޮޓޯ:---
0 ކޮމެންޓް
 

"އެންޓޯނިއޯ ކޮންޓޭއަށް ޗެލްސީގައި ދެން މާގިނަ ދުވަހެއް ނެތް"

ޗެލްސީގެ ކޯޗު، އެންޓޯނިއޯ ކޮންޓޭއަށް އެޓީމުގެ ކޯޗުކަމުގައި މާގަނަދުވަސްތަކެއް ނެތް ކަމަށް އިނގިރޭސި ނޫހެއް ކަމަށްވާ މެޓްރޯ ޔޫކޭއިން ރިޕޯޓް ކޮށްފިއެވެ. muni
ޗެލްސީގެ އެތެރޭގެ ބައެއް މުއަޒަފުންނާއި ހަވާލާދީ އެނޫހުން ބުނާ ގޮތުގައި ކޮންޓޭއާއި އެޓީމުގެ ބޯޑާއި އަދި ސްޓާފުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން ތަކެއް އުފެދިފައެވެ. އަދި އޭނާއަށް ކްލަބުގައި މާގިނަދުވަހެއް ނެތް ކަމަށާއި ސްޓާފުންގެ ތެރޭގައި ވެސް އޭނާއަށް މިހާރު ވަނަމަކަށް ކިޔަނީ "ޑެޑް މޭން ވޯކިން" ނުވަތަ ހިނގި ހިނގާ ހުރި މަރުވެފައިހުރި ފިރިހެނާ ކަމަށެވެ.

މީގެ ކުރިން ވެސް ގިނަ ކޯޗުތަކެއް ހަވާލުވެފައިވާ ޗެލްސީގެ ހުނގާނުގައި ކޮންޓޭއަށް މާގިނަދުވަސްތަކެއް ނެތް ކަމަށް މީގެ ދުވަސްތަކެއް ކުރިން މަޝްހޫރު އިނގިރޭސި ނޫހެއް ކަމަށްވާ ޑެއިލީ އިން ވެސް ވަނީ ރިޕޯޓް ކޮށްފައެވެ. ޑެއިލީ އިން އެފަހަރު ރިޕޯޓް ކުރި ގޮތުގައި ކޮންޓޭ އާއި ޗެލްސީގެ ބޯޑާއި މައްސަލަ ޖެހިފައިވަނީ މިޓްރާންސްފާގައި އޭނާއަށް ބޭނުންވި ކުޅުންތެރިން ކްލަބަަށް ނުގެނުވުމުންނެވެ. ޑެއިލީން ކޮށްފައިވާ މި ރިޕޯޓާއި މެޓްރޯގެ އިތުރުން ގިނަ އެހެން އިނގިރޭސި ނޫސްތަކުގެ ރިޕޯޓް ދިމާވެއެވެ.

މިދިޔަ ޓްރާންސްފާގައި ކޮންޓޭ ކްލަބަށް ގެންނަން މަސައްކަތް ކުރި ގިނަ ކުޅުންތެރިން ވަނީ ކްލަބާއި ގުޅުމާއި ވަރަށް ގާތަކަށް ޖެހިލުމަށްފަހު އެހެން ކްލަބަކާއި ގުޅިފައެވެ. އެގޮތުން ރެމެލޫ ލުކާކޫ އާއި އޮކްލެޑް ޗެމްބަލިންނާއި ބާކްލީގެ އިތުރުން ލޮރެންޓޭ ފާހަނގަކޮށްލެވެއެވެ.

ޗެލްސީން މިދުވަސްކޮޅުގައި އަންނަނީ ދައްކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގައި 2-1 ގެ ނަތީޖާ އަކުން ކްރިސްޓަލް ޕެލެސްއަތުން ބަލިވެފައިވާއިރު ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. ކޯޗުން ބަދަލު ކުރުމުގެ ވަރުގަދަ ތާރީހެއް އޮންނަ ޗެލްސީގެ ކޯޗުކަމާއި ކޮންޓޭ ހަވާލުވީ މީގެ ދޮޅުއަހަރެއްހޭ ދުވަސްކުރިން ޗެލްސީގެ ކުރީގެ ކޯޗު އަދި މިހާރު ވާދަވެރި ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ.
ހިޔާލު