Veymandoo School Balikoh BYS FC VaaruCup 2017 Kaamiyaabukoffi
image
ވާރުކަޕް ޗެމްޕިއަން ޓީމް ބީ.ވައި.އެސް އެފް.ސީ ފޮޓޯ:---
0 ކޮމެންޓް
 

ވޭމަންޑޫ ސްކޫލު ބަލިކޮށް ބީ.ވައި.އެސް ވާރު ކަޕް 2017 ކާމިޔާބުކޮށްފި

ވާރު ކަޕްގެ ފައިނަލް މެޗުގައި ވޭމަންޑޫ ސްކޫލު ބަލިކޮށް ބީ.ވައި.އެސް އެފް.ސީ އިން ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ފަރާތުން ބޭއްވި ވާރު ކަޕް 2017 ފުޓްސަލް މުބާރާތް ކާމިޔާބު ކޮށްފިއެވެ. Dhiraagu
މުބާރާތުގެ ފައިނަލް މެޗު ބީ.ވައި.އެސް އިން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީ ބީ.ވައި.އެސް.އެފް.ސީ ޓީމްގެ ޖާޒީ ނަންބަރު 8 ޢަލީ އަތުހަރެވެ.

ފައިނަލް މެޗަށްފަހު. ވޭމަންޑޫ ގައި މިމަހު 13 ވަނަ ދުވަހުން ފެށިގެން ކުރިއަށް ދިޔަ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ނަން ވެސް ވަނީ ހާމަ ކޮށްފައެވެ. އާއްމުންގެ ފަރާތުން މި މުބާރާތް ބޮޑު އެއްބަރުލުމަކާއި ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު މި މުބާރާތުގެ މައިގަނޑު މަގްސަދަކީ މުބާރާތް އިންތިޒާމް ކުރާ ކޮޅުމަޑުލު އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި ވޭމަންޑޫގައި ހުރި އެންމެހައި މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫޙް އާލާކޮށް ދެމެހެއްޓުމެވެ.

މިމުބަރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން (ޑްރީމް 5) އަށް ހޮވިފައިވަނީ:

1. ބީ.ވައި.އެސް.އެފް.ސީ ޓީމްގެ ޖާޒީ ނަންބަރު 8 ޢަލީ އަތުހަރު
2. ބީ.ވައި.އެސް.އެފް.ސީ ޓީމުގެ ޖާޒީ ނަންބަރު 55 ޙަސަން އަލީފް
3. ތ.ވޭމަންޑޫ ކައުންސިލް ޓީމްގެ ޖާޒީ ނަންބަރު 11 މާޒިން އަޙްމަދު
4. ތ.ވޭމަންޑޫ ސްކޫލް ޓީމްގެ ޖާޒީ ނަންބަރު 20 ޢަބްދުﷲ ޔާމީނު
5. ތ.ވޭމަންޑޫ ސްކޫލް ޓީމްގެ ޖާޒީ ނަންބަރު 19 އަޙްމަދު ޔޫސަޢު


ހިޔާލު