MH370 Hoadhumuge Masahkai Alun Fashanee
image
0 ކޮމެންޓް
 

އެމްއެޗް 370 ހޯދުމުގެ މަސައްކަތް އަލުން ފަށަނީ

ގެއްލިފައިވާ މެލޭޝިޔަން އެއާލައިންގެ ފްލައިޓް އެމްއެޗް 370 ހޯދުމުގެ މަސައްކަތް އަލުން ފެށުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ފަށައިފިއެވެ. dhi2
މީގެ ތިން އަހަރު ކުރިން، 2014 ވަނަ އަހަރުގެ ތެރޭގައި ގެއްލުނު އެމްއެޗް 370 ހޯދުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލާފައެވެ.

ފްލައިޓް ހޯދުން އަލުން ފެށުމަށް، މެލޭޝިޔާއިން، އެމެރިކާގެ ކުންފުނިތަކާއި ވާހަކަ ދަށްކަމުންދާކަން މެލޭޝިޔާއިން ވަނީ ހާމަކޮށްފައެވެ.

މެލޭޝިޔާއިން ވާހަކަ ދެއްކި އެމެރިކާގެ ކުންފުނިތަކުގެ ތެރޭގައި "އޯޝަން އިންފިނިޓީ" ހިމެނެއެވެ. އެ ކުންފުންޏަކީ އެމްއެޗް 370 ހޯދުމުގައި މީގެ ކުރިންވެސް ހަރަކާތްތެރިވި ކުންފުންޏެކެވެ. ރިޕޯޓުތައް ބުނާ ގޮތުން، ފްލައިޓް ނުފެންނަ ނަމަ، އަގު ނުނަގާނެ ކަމަށް އޯޝަން އިންފިނިޓީން ވަނީ ބުނެފައެވެ.

އެމްއެޗް 370 ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި، މެލޭޝިޔާގެ ކުއަލަލަމްޕޫރުން ފުރައިގެން ބެއިޖިންގްއަށް ދަތުރު ކުރަމުންދަނިކޮށެވެ. ފްލައިޓުން 239 މީހުން ދަތުރުކުރިއެވެ.

ފްލައިޓް ހޯދުމުގެ މަސައްކަތް ހުއްޓާލީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ހިޔާލު