Brazilgai Kudakudhinnaa behey Meehunna Dhekolhah Bodu Operationeh
image
އެ އޮޕަރޭޝަންގައި 108 މީހަކު ހައްޔަރުކޮށްފައިވޭ---
0 ކޮމެންޓް
 

ބްރެޒިލުގައި ކުޑަކުދިންނާ ބެހޭ މީހުންނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ ދެކޮޅަށް ބްރެޒިލްގައި ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ. kobadoctor
ބްރެޒިލްގެ 24 ސްޓޭޓަކުން އެ އޮޕަރޭޝަންގައި 108 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ބްރެޒިލްގެ ޖަސްޓިސް މިނިސްޓަރު ޓޮރކުއަޓޯ ޖާޑިމް ވިދާލުވި ގޮތުގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ކުޑަކުދިންގެ އޮރިޔާން ފޮޓޯ އިންޓަނެޓުގައި ފަތުރަމުން ދިޔަ "ރިންގަކަށް" ނިސްބަތްވާ ބައެކެވެ. އެ އޮޕަރޭޝަން ފަށާފައިވަނީ ހަ މަސް ދުވަހުގެ ތަހުގީގަކަށް ފަހު ކަމަށް ބްރެޒިލްގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ކުރީގެ ފުލުހުންނާއި، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ފުޓްބޯޅަ ޗްލަބުތަކުގެ އިސްވެރިން ހިމެނޭ ކަމަށް ބްރެޒިލްގެ ފުލުހުން ބުނެއެވެ.

އެ އޮޕަރޭޝަންގައި ފުލުހުންވަނީ ގިނަ އަދަދެއްގެ ކޮމްޕިއުޓަރު ސިސްޓަމުތަކާއި ހާޑުތައް އަތުލާފައެވެ. ފުލުހުން ބުނާ ގޮތުގައި އެ މީހުން ދައުރު ކުރަމުން ދިޔަ ގިނަ އަދަދެއްގެ ފޯޓޯއާއި ވީޑިއޯތައް ރައްކާކޮށްފައި ހުރީ އެހެން ގައުމުތަކުގައެވެ.
ހިޔާލު