Imran aai Faris vaguthun dhookohlan jehye: Raees Maumoon
image
ރައީސް މައުމޫނާއި ފާރިސް
0 ކޮމެންޓް
 

އިމްރާނާއި ފާރިސް ވަގުތުން ދޫކޮށްލަން ޖެހޭ: ރައީސް މައުމޫނު

މިއަދު ގެއިން ޖަލަށް ބަދަލުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ވަގުތުން ދޫކޮށްލަން ޖެހޭކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. kobadoctor
ރައީސް މައުމޫނު މިހެން ވިދާޅުވީ ފާރިސް އާއި އިމްރާން ކުއްލި ގޮތަކަށް މިއަދު ޖަލަށް ބަދަލު ކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވިޓެއްގައެވެ.
މިއަދު ފާރިސް ޖަލަށް ބަދަލުކުރި އިރު، މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދެއްވިކަމަށްބުނެ ފާރިސް ބަންދުކޮށް 83 ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު އެއަށް ބަދަލުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ކަރެކްޝަނުން އޭރުބުނީ ފާރިސް ގެއަށް ބަދަލުކުރީ ޖަލުގެ މަރާމާތަކަށް ކަމަށާއި މަރާމަތުގެ މަސައްކަތް ނިމުމުން އަނބުރާ ޖަލަށް ބަދަލު ކުރެވޭނެ ކަމުގައެވެ.

ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ޖަލުން ގެއަށް ބަދަލު ކުރި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲވެސް މިއަދުވަނީ އަނބުރާ ޖަލަށް ބަދަލު ކޮށްފައެވެ.

ޝައިހް އިމްރާން ދަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. 2015 ވަނަ އަހަރުގެ މެއި މުޒާހަރާއާއި ގުޅިގެން ޓެރަރިޒމްގެ ދައުވާ އުފުލައި، އިމްރާން 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 މާޗް މަހުގެ 16 ވަނަ ދުވަހުއެވެ.
ހިޔާލު