Faris aai Imran varah avahah Minivan vaane: Raees Nasheed
image
ރައީސް ނަޝީދާއި ރައީސް މައުމޫނު
1 ކޮމެންޓް
 

ފާރިސް އާއި އިމްރާން ވަރަށް އަވަހަށް މިނިވަން ވާނެ: ރައީސް ނަޝީދު

މިއަދު ގެއިން ޖަލަށް ބަދަލުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ވަރަށް އަވަހަށް މިނިވަން ވާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. kobadoctor
ރައީސް ނަޝީދު މިހެން ވިދާޅުވީ ފާރިސް އާއި އިމްރާން ކުއްލި ގޮތަކަށް މިއަދު ޖަލަށް ބަދަލު ކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވިޓެއްގައެވެ.
މިއަދު ފާރިސް ޖަލަށް ބަދަލުކުރި އިރު، މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދެއްވިކަމަށްބުނެ ފާރިސް ބަންދުކޮށް 83 ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު އެއަށް ބަދަލުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ކަރެކްޝަނުން އޭރުބުނީ ފާރިސް ގެއަށް ބަދަލުކުރީ ޖަލުގެ މަރާމާތަކަށް ކަމަށާއި މަރާމަތުގެ މަސައްކަތް ނިމުމުން އަނބުރާ ޖަލަށް ބަދަލު ކުރެވޭނެ ކަމުގައެވެ.

ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ޖަލުން ގެއަށް ބަދަލު ކުރި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲވެސް މިއަދުވަނީ އަނބުރާ ޖަލަށް ބަދަލު ކޮށްފައެވެ.

ޝައިހް އިމްރާން ދަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. 2015 ވަނަ އަހަރުގެ މެއި މުޒާހަރާއާއި ގުޅިގެން ޓެރަރިޒމްގެ ދައުވާ އުފުލައި، އިމްރާން 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 މާޗް މަހުގެ 16 ވަނަ ދުވަހުއެވެ.
ހިޔާލު

ނޭފަތުފޫޅު

ސަރުކާރު ވެއްޓެނީ ވެއްޓެނީ ވެއްޓެނީ އޭ ކިޔާތާ މިހާރު މިސަރުކާރުގެ އުމުރުން މިވީހާ ދުވަސް ވެއްޖެ. 5 އަހަރުގެ ދައުރު މިހަމަވަނީ އެބުނާ "ވެއްޓުމެއް" ނުވެއްޓި.