September Mahuge Niyalah MIRA ah 11.8 Billion Ruffiya Libihje
image
މީރާ
1 ކޮމެންޓް
 

ސެޕްޓެމްބަރު މަހުގެ ނިޔަލަށް މީރާއަށް 11.8 ބިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 11.87 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ. އޭގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ލިބުނު 423.76 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
މީރާއިން އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2016 ވަނަ އަހަރުގެ އެ މުއްދަތުގައި މީރާއަށް ލިބިފައިވަނީ 11.39 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 423.76 މިލިއަން އެމެރިކާ ޑޮލަރު ލިބުނު ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މީރާއަށް ޑޮލަރުގެ ގޮތުގައި 440.91 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް، މީރާއަށް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޖީއެސްޓީ ގެ ގޮތުގައި ދައުލަތަށް ލިބުނު ޓެކްސް ފައިސާއެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަމައެކަނި ޖީއެސްޓީގެ ގޮތުގައިވެސް ދައުލަތަށް 5.1 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި މީރާއަށް ލިބުނީ 4.6 ބިލިއަން ރުފިޔާއެވެ.
ހިޔާލު

ޢައިންތު

ތީގެން ރައްޔިތުންނަށް ވާފައިދާއެއް ނުފެނޭ...ހިތާމަހުރި