Kaadedhoo Airport athulumun dhaulathah Bodu Gellumeh
image
ކާޑެއްދޫ އެއާޕޯޓު---ފޮޓޯ:ޓޮކޮއިސް މޯލްޑިވްސް
2 ކޮމެންޓް
 

ކާޑެއްދޫ އެއާރޕޯޓް އަތުލުމުން ދައުލަތަށް ބޮޑުގެއްލުމެއް!

ކާޑެއްދޫ އެއަރޕޯޓް ސަރުކާރުން ހިންގަމުން ގެންގޮސް ފުރަތަމަ އެ އެއަރޕޯޓް، ވިލާ އެއާއާއި ފުރަތަމަ ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަަނަ ދުވަހުއެވެ. އެއީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައެވެ.
އޭރު ސަރުކާރުންބުނީ ކާޑެއްދޫ އެއާޕޯޓް ވިލާއާއި ހަވާލުކުރި އިރު އެއާޕޯޓް ހިންގަމުން ގެންދަނީ ބޮޑު ގެއްލުމެއްގައި ކަމުގައެވެ. އަދި އެއާޕޯޓުން ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އެއާޕޯޓް ހިންގުމަށް ހަރަދުވާކަމަށް އޭރު ސަރުކާރުން ބުނެފައި ވެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާގެ ޗެއާމަން ގާސިމް އިބްރާހީމާއި މި ސަރުކާރާއި ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސްކަމާއި ގުޅިގެން 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެއާޕޯޓް ފުރަތަމަ ފަހަރަށް ވިލާއެއާއިން އަތުލުމަށްފަހު ސިޔާސީ ގޮތުން ގާސިމް ސަރުކާރަށް ދީއްލާލުމުން އަނެއްކާވެސް އެ އަހަރުގެ ސެޕްޓެމްބަރު މަހު ވިލާއެއާއަށް ސަރުކާރުން އެއާޕޯޓް ދިނެވެ.

ނަމަވެސް އަނެއްކާވެސް ސިޔާސީ މަޝްރަހު ހޫނުވެ ގާސިމް އިދިކޮޅަށް ވަޑައިގެންނެވުމުން ކާޑެއްދޫ އެއާޕޯޓް މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު ވިލާއެއާއިން އަތުލިއެވެ. އެއާއެކު ގާސިމް އަމިއްލައަށް ތަރައްޤީކޮށްފައިވާ މާމިނގިލީ އިންޓަނޭޝަނަލް އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލު ކުރިއެވެ.

ތަރައްޤީގެ ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ވަނިކޮށް އަދި ކުއްޔަށް ދިނުމުގެ 50 އަހަރުގެ މުއްދަތުގެ ބޮޑުބައެއް ބާކީ އޮއްވާ ވިލާއެއާއިން ކާޑެއްދޫ އެއާޕޯޓް އަތުލުމަށްފަހު، ސަރުކާރުން ހިންގަން ފެށިއެވެ.

އިއްޔެ މަޖިލީހަށް ހުށައެޅި މި އަހަރަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓްގައިވަނީ ކާޑެއްދޫ އެއާޕޯޓް ހިންގުމަށް ބޭނުންވާ ފައިސާ ހިނަމާފައެވެ. އެއީ 40 މިލިއަން ރުފިޔާއެވެ.
ބަޖެޓް 2017 ކާޑެއްދޫ
ހިޔާލު

ހުވަދޫ ބެއްޔާ

އިކޮނޮމިކްސް ކަނޑުކޮސް.. ހުރި ހާދިމާލަކުންވެސް ގެއްލުން

ބެއްޔާ

މޮޅު އިކޮނޮމިސްޓަކަށް ވެރިކަން ހަވާލު ކުރީމާ މިދަނީ ލޯނާއްޓަކަށް ފެން އެޅީމާ ވާގޮތައް!ރައްޔިތުން އަމިއްލަޔަށް ސުވާލުކޮއްލާ 2018 ގެ ފަހުންވެސް މިމޮޅު އިކޮނޮމިސްޓަށް ވެރިކަން ދީގެން ލޯނާއްޓައް ފެންފުރާލަ ފުރާލަ ތިބެންވީތޯ؟!!