Bashi Boalha Mubaaraathuge sponsorship gai STO aai eku Soikoffi
image
ބަށިބޯޅަ މުބާރާތުގެ ސްޕޮންސަރޝިޕްގައި އެސްޓީއޯއާއި އެކު ސޮއިކޮށްފި
1 ކޮމެންޓް
 

ބަށިބޯޅަ މުބާރާތުގެ ސްޕޮންސަރޝިޕްގައި އެސްޓީއޯއާއި އެކު ސޮއިކޮށްފި

މިދިޔަ ފަސް އަަހަރެކޭވެސް އެއްފަދައިން އެސްޓީއޯ އިން އިންތިޒާމްކޮށްގެން ބާއްވާ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތް މިއަހަރު ބޭއްވުމަށްޓަކައި ނެޝަނަލް ބަށިބޯޅަ އެސޯސިއޭޝަންއާއިއެކު ސްޕޮންސަރޝިޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަހަރު މިމުބާރާތް އިންތިޒާމްކޮށް ހިންގާނީ ނެޝަނަލް ބަށިބޯޅަ އެސޯސިއޭޝަންއިންނެވެ.

މާދަމާއިން ފެށިގެން 16 ނޮވެމްބަރ 2017 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށްވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް އަދި މުބާރާތުގެ ގަވާއިދު ނެޝަނަލް ބަށިބޯޅަ އެސޯސިއޭޝަންއިން ލިބެން ހުންނާނެއެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ ވާ ހޮނިހިރު ދުވަހުއެވެ.

މިއަހަރުވެސް މުބާރާތުގެ ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ ގެ އަގުހުރި އިނާމް ހުށަހެޅިފައިވެއެވެ. އަދި ދެވަނަ ޓީމަށް – 50,000 ރުފިޔާ ދޭއިރު ތިންވަނަ ޓީމަށް – 25,000 ރުފިޔާ އަދި ފެއަރޕްލޭ ޓީމަށް – 10,000 ރުފިޔާ ގެ އަގުހުރި އިނާމް ހުށަހެޅިފައިވެއެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެކިއެކި ވަނަތައް ހޮވުމަށްވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު މިމުބާރާތުގައި 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.
ހިޔާލު

އިބްރާހިމް އާސިމް

އެސްޓީއޯ އިން ފައިސާ ނެތިގެން މުވައްޒަފުންގެ މުސާރައިން ބޮޑު އަދަދެއް ކަނޑަން އުޅޭކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައި މުބާރާތްތައް ސްޕޮންސަރ ކުރަން ލާރިހުމަކީ ހައިރާންވެ އަންތަރީސްވާ ވަރުގެ ކަމެއް.
މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް ސޮޕޮންސަރ އަށް ކުރާ ބޭކާރު ޚަރަދުތައް ކަނޑާލާނަމަ މާ ރަނގަޅުވާނެ!
އެސްޓީއޯ އަށް މާލީގޮތުން ގެއްލުންވަނީ ކުންފުނީގެ ފައިނޭންސް ރަނގަޅަށް މެނޭޖް ނުކުރެވޭތީކަން އެއީ އެންމެނަށް އެނގޭ ބޮޑު ސިއްރެއް!