Libya ge City akun 37 Meehege Hashigandu Fenihje
image
މަރުވެފައި އޮއްވާ ފެނުނު މީހެއްގެ ހަށިގަނޑު ގެންދަނީ---ފައިލް ފޮޓޯ
0 ކޮމެންޓް
 

ލީބިޔާގެ ސިޓީއަކުން 37 މީހެއްގެ ހަށިގަނޑު ފެނިއްޖެ

ލީބިޔާގެ ސިޓީއަކުން 37 މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުން އެ ހަށީތައް ފެނިފައިވަނީ އަލް-އަބްޔާރް ޓައުނުންނެވެ. އެ ޓައުނަކީ ލީބިޔާގެ ބެންގާޒީގެ އިރުން ގާތްގަނޑަކަށް 70 ކިލޯމީޓަރު އިރުގައިވާ ޓައުނެކެވެ.

މަރުވެފައި ތިއްބާ ފެނުނީ ކޮން ބައެއްކަން ނޭނގޭ ކަމަށް ލީބިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މަރުވެފައި ތިބި މީހުން ފެނުނު ސަރަހައްދަކީ ލީބިޔަން ނޭޝަނަލް އާމީ އިން ބަލަހައްޓަމުންދާ ސަރަހައްދެކެވެ.

މީގެ ކުރިންވެސް، ލީބިޔާގެ ބެންގާޒީ އާއި އެ ސިޓީ ކައިރިން، މަރުވެފައި ތިބި މީހުންގެ ހަށިތައް ފެނިފައިވެއެވެ.




މަރު ލީބިޔާ
ހިޔާލު