GST Joorimana ah 2 Lakka ah vure gina Ruffiya Dhekkumah hukum koffi
image
މިރާގެ މިވައްޒަފުން ތަކެއް
0 ކޮމެންޓް
 

ޖީއެސްޓީ ޖޫރިމަނާއަށް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމްކޮށްފި

ޖީއެސްޓީ ނުދައްކާ ފަރާތެއްގެ މައްޗަށް އެ ފައިސާ އާއި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފައިވާކަމަސް މޯލްޑިސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން ބުނީ ޖީއެސްޓީ ޖޫރިމާނާ ދެއްކުމަށް ހުކުމްކޮށްފައިވަނީ ލ ގަން، ތުނޑި، ނޫއަލި އާދަމް ޞަލާހު މައްޗަށް ކަމުގައެވެ.

އަދި އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 282,499 ރުފިޔާ ދެއްކުމަށް ކަމަށާއި އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ޖެހޭކަމަށްވެސް މީރާއިން ބުނެއެވެ.

ނަމަވެސް މި ޖޫރިމަނާގެ ހުކުމް އައިސްފައިވަނީ ކޮން މުއާމަލާތަކާއި ގުޅިގެންކަމެއް މީރާއިން ބުނެފައެއް ނުވެއެވެ.
ހިޔާލު