Afganistan WhatsApp Adhi Telegram Block Kuran Angaifi
image
0 ކޮމެންޓް
 

އަފްޤާންގައި ވަޓްސްއެޕް އަދި ޓެލެގްރާމް ބްލޮކްކުރަން އަންގައިފި

އަފްގާނިސްތާނުގައި ވަޓްސްއެޕް އަދި ޓެލެގްރާމް މެސެޖިންގް ހިދުމަތް ބްލޮކްކުރުމަށް ނިންމައިފިއެވެ.
އެގައުމުގެ ޓެލެކޮމް ރެގިއުލޭޓްކުރާ ފަރާތުން ވަނީ އެގައުމުގައި އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތަކަށް، އެ ދެ އެޕްލިކޭޝަން ބްލޮކްކުރުމަށް އަންގާފައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި، އަފްގާނިސްތާނުގައި ސޯޝަލް މީޑިއާ އަދި މޯބައިލް ފޯނު މެދުވެރިކޮށް މުވާސަލާތު ކުރުމަށް ތަފާތު އެކިއެކި އެޕްލިކޭޝަންތައް ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައެވެ.

އަފްގާނިސްތާނުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ވަޓްސްއެޕް އަދި ޓެލެގްރާމް ބްލޮކްކުރުމަށް އެގައުމުގެ ޓެލެކޮމް ރެގިއުލޭޝަން އޮތޯރިޓީއަށް އަންގާފައިވަނީ އަފްގާނިސްތާޏުގެ ނޭޝަނަލް ޑިރެކްޓޮރޭޓް ފޮ ސެކިއުރިޓީންނެވެ.

އެ އެންގުން އެންގި ކަމަށް ބެލެވެނީ ތާލިބާން ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުން "އެންކްރިޕްޓެޑް މެސެޖިން ހިދުމަތް" ބޭނުންކުރަމުންދާތީ ކަމަށްވެސް އަފްގާނިސްތާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ހިޔާލު