Mi ee Dhonkeyleh Noon, Mi ee Aafaleh!
image
އާފަލެއް
9 ކޮމެންޓް
 

މިއީ ދޮންކޭލެއް ނޫން، މިއީ ހަމަ އާފަލެއް!

މިއީ ދުނިޔޭގެ މަޝްހޫރު ނިއުސް ޗެނަލް ސީއެންއެންގެ ވަރަށް ސީރިއަސް މެސެޖެކެވެ.
އިޝްތިހާރެއްގެ ގޮތުގައި ގެނެސްދީފައިވާ މި މެސެޖުގައި ފެންނަނީ އާފަލެއްގެ ފޮޓޮއެކެވެ. އިޝްތިހާރުގައި ކިޔާދެނީ މިއީ ދޮންކޭލެއްކަމަށް ބުނެދޭން ބަޔަކު މީހުން މަސައްކަތް ކުރި ނަމަވެސް މިއީ ހަމަ އާފަލެއްކަމެވެ. ދޭންއުޅޭ މެސެޖަކީ އަބަދުވެސް އިސްކުރަންވާނީ ކަމެއްގެ ހަގީގަތް ކަމެވެ.

ސީއެންއެން އިޝްތިހާރުގައި އާފަލުގެ ފޮޓޮއާއިއެކު ބުނަނީ "މިއީ، އާފަލެކެވެ. ބައެއް މީހުން މިއީ ދޮންކޭލެއްކަމަށް ބުނެދޭން އުޅެފާނެއެވެ. އެމީހުން 'ދޮންކެޔޮ'، 'ދޮންކެޔޮ'، 'ދޮންކެޔޮ' ކިޔާ ތަކުރާރުކޮށް ހަޅޭއްވެސް ލަވާފާނެއެވެ. އެމީހުން 'ދޮންކެޔޮ' ބޮޑު އަކުރުވެސް ލިޔެފާނެއެވެ. ވަކިހިސާބަކުން މިއީ ދޮންކޭލެއްކަމަށް ހީވާންވެސް ފަށާފާނެއެވެ. ނަމަވެސް މިއީ ދޮންކޭލެއް ނޫން، މިއީ ހަމަ އާފަލެއް" ކަމަށެވެ. އަދި އިޝްތިހާރު ނިންމާލަނީ އަބަދުވެސް ކަމެއްގެ ހަގީގަތް އިސްކުރަންވާނެކަމަށް ބުނަމުންނެވެ.



އާފަލާ ދޮންކެޔޮ އޮޅޭ ހިސާބަށް ދިޔައީ ކިހިނެތް؟

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ރައްދުކޮށްފައިވާ މެސެޖެއްކަމަށް ގަބޫލު ކުރެވެއެވެ. އެހެން ގަބޫލު ކުރެވެނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި އަދި މިހާރުވެސް ޓްރަމްޕް ދަނީ ހަގީގަތެއްނެތް އެތައް ވާހަކައެއް ދައްކަވަމުން ކަމަށްވާތީއެވެ.

ޓަރަމްޕް ހަގީގަތާއި ހިލާފަށް ދައްކާފައިވާ ވާހަކަތަކުގެ ތެރޭގައި 2016 ގައި އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި ގަވާއިދާ ހިލާފަށް އެތައް މިލިއަން މީހުން ވޯޓުލިކަމަށް ބުނުން، އެމަނިކުފާނު ހުވާކުރެއްވި ރަސްމިއްޔާތަކީ އެންމެގިނަ މީހުންބެލި ރަސްމިއްޔާތުކަމަށް ބުނުން، އޮޑިޓް ނިމުމުން ޓެކްސް ރިޓާރން ހާމަކުރަށްވާނެ ކަމަށްބުނުން، މުއްސަންދިންގެ އަތުން ނަގާ ޓެކްސް ކުޑަ ނުކުރައްވާނެ ކަމަށްބުނުން އަދި މީގެ އިތުރުން ވެސް ހަގީގަތާއި ހިލާފު އެތައް ވާހަކައެއް ވަނީ ދައްކާފައެވެ.

ޓްރަމްޕްގެ ބައެއް ވާހަކަތަކަކީ ހަމަ ސީދާ ދޮގެއްކަން ފާޅުގައި ފެންނަން ހުންނައިރެ، އެހެން ވާހަކަ ތަކަކީ އޭގެ އެއްވެސް ހެއްކެއް ހޯދިފައި ނުވާ ވާހަކަތަކެވެ. މިސާލަކަށް އެތައް މިލިއަން ބަޔަކު ގަވާއިދާ ހިލާފަށް ވޯޓުލާފައިވާކަަމަށް ބުނިނަމަވެސް އެކަމުގެ ހެއްކެއް ހޯދިފައެއް ނުވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުން

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި މައްސަލަ އަކީ މިދެންނެވި ތަކުރާރުކޮށް ދޮގު ހެދުމުގެ ބޮޑު މިސާލަކެވެ.

މިހާރު އެނގިފައިވާ ގޮތުގައި އެމެރިކާގެ ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަންއާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ހަގީގަތެއް ނެތް ހަބަރުތައް ފެތުރުމުގައި ރަޝިޔާއިންވަނީ އެކިއެކި ސޯޝަލް މީޑިއާތަކަށް ހަރަދު ކޮށްފައިވެއެވެ. އިޝްތިހާރުތައް ޓާގެޓް ކޮށްފައިވަނީ އިންތިހާބުގެ ނަތީޖާ ބަދަލުކޮށްލެވޭ މިޝިގަން އަދި ވިސްކޮންސިން ފަދަ ސްވިންގ ސްޓޭޓްސްތަކަށެވެ.

ހިތާމައަކީ އިންތިހާބާއި ގާތްކޮށް އެމެރިކާގެ ރައްޔިތުންނާއި ހާއްސަކޮށް ޓްރަމްޕްއަަށް ސަޕޯޓުކުރާ ފަރާތްތަކާއި ކޮށްފައިވާ އިންޓަވިއުތަކަށް ބަލާލާއިރު އެއީ ހަގީގަތެއްކަން ގަބޫލުކުރާ މީހުން މަދު ނޫންކަމެވެ.

ދޮގު ހަބަރުތައް ފެތުރުމުގައި ފޭސްބުކްގެ އިތުރުން ގޫގުލް، ޓުވިޓާރ، ތަމްބްލާރ އަދި ޕޮކޮމޯން ގޯ ވެސް ބޭނުންކޮށްފައިވާކަން މިހާރުވަނީ ހާމަވެފައެވެ.

އަބަދުވެސް އިސްކުރަންވާނީ ކަމުގެ ހަގީގަތް

ކަމެއްގެ ވާހަކަ ދައްކާއިރު ހަގީގަތް ހާމަކުރުމަށް ކޮންމެ މީހަކުވެސް ވިސްނާލަން ޖެހެއެވެ. އަދި އަޑުއަހާމީހުން ވެސް ވާހަކައެއް ދެކެވޭއިރު އެއީ ހަގީގަތެއް ހުރި ވާހަކައެއްތޯ ބަލަންޖެހެއެވެ.

ސޯޝަލް މީޑިއާގެ މި ޒަމާނުގައި ތަކުރާރުކޮށް އެކިއެކި ހަބަރުތައް އަހަރެމްނެގެ އަތްމައްޗަށް އަރަމުންދާއިރު އޭގެ ނޭދެވޭ ބޭނުންކުރާ މީހުންގެ ނުރައްކާ ނުހަނު ބޮޑެވެ.

ނިންމުންތައް ނިންމާއިރު އާފަލެއް ދޮންކޭލެއް ވަކި ނުވެ އެ ނިންމުންތައް ނިންމައިފިނަމަ އެއީ ފަހުން ހިތާމަކުރަންޖެހޭނެ ކަމަކަށް ވާނެކަން ޔަގީނެވެ.
ހިޔާލު

އޮޅުވާނުލާ

ތިޔައީ ހަމަ ދޮންކެޔޮލެއް ނުވާނެ އެނޫން އެއްޗަކަށް 🍌🍌🍌

ނައީމް

ތިއީ ދޮގެއް. ތިއީ ހަމަ ސީދާ މާޅޮސް ކެޔޮވަކެއް.

ޕޮގުބާ

ތިލިޔުނު މީހަކަށް ތިހުރީ ދޮންކޭލާ އާފަލަޔާ އޮޅިފ

ނިހާދު ހަސަން މަނިކު

މަންމަ އަޅުގަނޑަށް އަބަދުވެސް ދޮންކޭލާ އާފަލުގެ ތަފާތު ބުނެދޭ...

ތަމެން

ކޮން ދޮންކޭލެއްގެ ވާހަކަތަ މިދައްކަނީ؟ މިއީ އަހަރެމެން ދަންނަ މަޝްހޫރު ކޭލުގެ ވާހަކަތަ؟ އާނ އެއީ ކޭލެއް ނޫން އަދި އާފަލެއްވެސް ނޫން. އަދި 2018 އަށްފަހު އެއީ ކޯއްޗެއްކަން ވަރަށް ސާފުކޮށް އެނގޭނެ

މީރުފެން

އެފައިސާ މިފައިސާ ކަހަލަ ވާހަކައެއް ދޯ. ހަގީގަތް އެންމެނަށްވެސް ރަނގަޅަށް އެނގޭ. ހާސްނުވޭ 2018 ގައި ހަގީގަތް ރައީސް ޔާމިނަށް ފެންނާނެ

އަލިމަތަކުރ

ވަޒީފާވެސް އުފެދެނީ ވިހާމަރުވާ އެއްޗެއް ފަދައިން 50 ހާހުން 60 ހާހުން 94 ހާހުން. ވާއެއް ނުވާއެއް . ތެދެއް ދޮގެއް ނޭނގޭ. ހަމަ އަނގައިން ބުނެލީމާ އެކަން ގަބޫލު ކުރާ މީހުންވެސް މަދެއް ނޫން.

އަޅޭއަޅެ

ދޮންކެޔޮލެއް ނުކިޔާނެ. ކިޔާނީ ދޮންކޭލެއް.

އަލިމަތަކުރު

ދޮންކެޔޮލެއް އާފަލެއް މިގައުމުގައިވެސް މިހާރު ވައްކެއް ނުވޭ. 16 މިލިއަނުން 32 މިލިއަނުން ރިޝްވަތު ހުށަހަޅާތަނާ ދުއްތަނާ ދިންތަނާ ހުރިހާ ވާހަކައެއް ދައްކާފަ ދެން އެއީ ވީކަމަކަށްވެސް ނުވޭ. ދެން ފެންނަނީ ގެގަންނަ މީހުން އެއްބަޔަކު ލަންޑަނުގައި އަނެއް ބަޔަކު ރާއްޖޭގައި އަދިވެސް ގެގަންނާނެކަމަށް ބުނަނީ. މިތަނުން ކޭލެއް އާފަލެއް ކުކުޅެއް ހާލެއްވެސް ވަތްކެއް ނުވޭ.