UAE Istisqaa Namaadhukohfi
image
1 ކޮމެންޓް
 

ޔޫއޭއީގައި އިސްތިސްގާ ނަމާދުކޮށްފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި އިސްތިސްގާ ނަމާދުކޮށްފިއެވެ.
އިސްތިސްގާ ނަމާދު ކޮށްފައިވަނީ ހުކުރު ދުވަހު ހެނދުނުއެވެ. ޔޫއޭއީގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަކުގައި އިސްތިސްގާ ނަމާދު ވަނީކޮށްފައެވެ.

އިސްތިސްގާ ނަމާދުކޮށްފައިވަނީ ޔޫއޭއީގެ ރައީސް ޝައިހް ހަލިފާ ބިން ޒައިދް އަލް ނަހްޔާންގެ އަމުރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ނަމާދަކީ ވާރޭ ވެހުމަށް އެދި ކުރާ ނަމާދެކެވެ.

ޔޫއޭއީގައި އިސްތިސްގާ ނަމާދު ކުރުމަށް، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިވެސް އެގައުމުގެ ރައީސް ޝައިހް ހަލީފާ ބިން ޒައިދް އަމުރު ކުރެއްވިއެވެ.
ނަމާދު ޔޫއޭއީ
ހިޔާލު

ދާއޫދު.

ފުރަތަމަ ﷲ ގެ ދީން ގާއިމުކުރޭ. ލިބޭހާ ފައިސާއެއް ޔަހޫދީންނާއި ނަޞާރާއިންނަށް ކާންދީފަ ކީއްކުރަންކުރާ އިސްތިޝްޤާ ނަމާދެއް.