Midhiya Mahu MIRA ah 983.5 Million Ruffiya Libihje
image
0 ކޮމެންޓް
 

މިދިޔަ މަހު މީރާއަށް 983.5 މިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ އޮކްޓޫބަރު މަހު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި 983.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މީރާއިން އާންމުކޮށްފައިވާ އޮކްޓޫބަރު މަހުގެ ތަފާސްހިސާބުގައިވާ ގޮތުން އޭގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ލިބުނު 38.1 މިލިއަން ޑޮލަރު ހިމެނެއެވެ.

މިއަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީއަށްވުރެ 10.7 އިންސައްތަ އިތުރުވުމެކެވެ. އަދި މިދިޔަ މަހު ލިބުނު އާމްދަނީއަކީ ލިބޭނެ ކަމަށް އަންދާޒާ ކުރި މިންވަރަށްވުރެ ހަތަރެއް އިންސައްތަ އިތުރުވުމެއް ކަމަށް މީރާއިން ބުނެއެވެ.

މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ 54.9 އިންސައްތަ ހިއްސާ ކުރަނީ ޖީއެސްޓީގެ ގޮތުގައި މީރާއަށް ލިބުނު ޓެކްސް ފައިސާއެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު މީރާއަށް 539.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ހިޔާލު