Suu Kyiah Award Dheefaivaathee Geldofge Award Anburaa Rahdhu Kuranee
image
ގެލްޑޮފް އެވޯޑާއެކު---
1 ކޮމެންޓް
 

ސޫކީއަށް އެވޯޑު ދީފައިވާތީ ގެލްޑޮފްގެ އެވޯޑު އަނބުރާ ރައްދު ކުރަނީ

އައިރިޝް ލަވަކިއުންތެރިޔާ އަދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓް ބޮބް ގެލްޑޮފް އޭނާއަށް އަރުވާފައިވާ ފްރީޑަމް އޮފް ދަ ސިޓީ އޮފް ޑަބްލިންގެ އެވޯޑު އަނބުރާ ރައްދު ކުރަން ނިންމައިފިއެވެ.
ގެލްޑޮފް ނެރެފައިވާ ބަޔާނެއްގައި ބުނީ އޭނާއަށް 2005 ވަނަ އަހަރު ޑަބްލިންއިން ދީފައިވާ އެވޯޑު ރައްދު ކުރަނީ މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގައި އަންސަން ސޫކީ އިސްކޮށް ބައިވެރިވާ އިރު އޭނާއަށް ވެސް އެ އެވޯޑު ދީފައިވާތީ ކަމަށެވެ.

ފްރީޑަމް އޮފް ދަ ސިޓީ އޮފް ޑަބްލިންގެ އެވޯޑަކީ ޑަބްލިންއިން އެކި ދާއިރާތަކުން ހިދުމަތް ކުރާ ފަރާތްތައް ފާހަގކޮށް ދޭ އެވޯޑެކެވެ. އެވޯޑު މިހާތަނަށް 82 މީހަކަށް ދީފައެވެ. އޭގެތެރޭގައި އޮބާމާއާއި ބިލް ކްލިންޓަންއާއި މަންޑޭލާ ފަދަ ޝަހުސިއްޔަތުތައް ހިމެނެއެވެ. އެ އެވޯޑު ސޫކީއަށް ވެސް ވަނީ ދީފައެވެ.

ގެލްޑޮފްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އޭނާގެ އެވޯޑު ރައްދު ކުރަނީ ޑަބްލިންއިން އެކަމާ މެދު ވިސްނާ ސޫކީއަށް ދީފައިވާ އެވޯޑާ މެދު ގޮތެއް ނިންމަން ދެނެވެ. ޑަބްލިންއިން ސޫކީއަށް ދީފައިވާ އެވޯޑު އަތުނުލާ ނަމަ އެ އެވޯޑު ބޭނުމެއް ނޫން ކަމަށް ގެލްޑޮފްވަނީ ބުނެފައެވެ.

ގެލްޑޮފްވަނީ ޖަރީމާތައް ހުއްޓުވަން ސޫކީ އެއްވެސް ކަމެއް ނުކުރައްވާއިރު ހަނު ހުންނެވުމަކީ އެކަން ކުރުމަށް ރުހިގެން ހުރުން ކަމަށް ބުނެފައެވެ. އަދި އޭނާއަށް ޑަބްލިންއިން ދިން އެވޯޑު އަތުލާފައި ނުވާތީ ލަދު ގަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
މިޔަންމާ
ހިޔާލު

ޖޭޑް އައްބާސް

ތީ މޭން އެއް.... ތިހެން ވާންޖެހޭނެ....!!! ޔާމީން ވައްކަން ކުރާއިރު ރައްޔިތުން އެކަމަށް ބަސްނުބުނެ މަޑުން ތިބުން އެއީ ވ ބޮޑު މައްސަލައެއް.....