October ge Niyalah MIRA ah 12.8 Billion Rufiya Libihje
image
މީރާ--
0 ކޮމެންޓް
 

އޮކްޓޫބަރުގެ ނިޔަލަށް މީރާއަށް 12.8 ބިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް، ޓެކްސް އާއި އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 12.89 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މީރާއިން އާންމުކޮށްފައިވާ އޮކްޓޫބަރު މަހުގެ އާމްދަނީއާ ބެހޭ ތަފާސްހިސާބުގައިވާ ގޮތުން މިއަހުގެ ޖެނުއަރީ މަހުން އޮކްޓޫބަރު މަހުގެ ނިޔަލަށް ޓެކްސް އާއި ފީގެ ގޮތުގައި 463.6 މިލިއަން އެމެރިކާ ޑޮލަރު (7.1 ބިލިއަން ރުފިޔާ) ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން އޮކްޓޫބަރު މަހުގެ ނިޔަލަށް ޓެކްސް އާއި ފީގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 12.2 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ މިހާތަނަށް މީރާއަށް ލިބުނު އާމްދަނީގެ 44 އިންސައްތައަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު ޓެކްސް ފައިސާއެވެ. ޖީއެސްޓީގެ ގޮތުގައި މީރާއަށް މިއަހަރުގެ މިހާތަނަށް 5.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ހިޔާލު