October Mahu Raajje Ethere Kuri Mudhaa 18 % Ithuruvejje
image
ކަސްޓަމްސް ގެ ބަނދަރު-- ފައިލް ފޮޓޯ ކަސްޓަމްސް
0 ކޮމެންޓް
 

އޮކްޓޯބަރު މަހު ރާއްޖެ އެތެރެ ކުރި މުދާ 18 އިންސައްތަ އިތުރުވެއްޖެ

ފާއިތުވި އޮކްޓޯބަރު މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ އޮކްޓޯބަރުމަހާއި އަޅާބަލާއިރު 18 އިންސައްތަ އިތުރުވެއްޖެއެވެ.
މިދިޔަ އަހަރު އޮކްޓޯބަރު މަހު ރާއްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިއަހަރުގެ އޮކްޓޯބަރު މަހު އެ އަަދަދު އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ނެރުން އޮކްޓޯބަރު މަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން ބުނާގޮތުގައި މިދިޔަ އަހަރު އިމްޕޯޓު ޑިއުޓިއާއި އެހެނިހެން ފީ ގެ ގޮތުގައި ލިބިފައިވަނީ 214 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރު އިމްޕޯޓު ޑިއުޓިއާއި އެހެނިހެން ފީ ގެ ގޮތުގައި ދައުލަތަށް 248 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޮބަރު މަހާއި އަޅާބަލާއިރު މި އަހަރުގެ އޮކްޓޯބަރު މަހު 16 އިންސައްތަ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގު 344 މިލިަން ރުފިޔާ އަށް އަރާއިރު މި އަހަރުގެ އޮކްޓޯބަރު މަހު މިއަދަދު 421 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. އެއީ 2016 ގެ އޮކްޓޯބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރު މަހު 22 އިންސައްތަ އިތުރުވުމެއްކަމަށް ކަސްޓަމްސް އިން މައުލޫމަތުދެއެެވެ.

އަދި އެންމެ ގިނައިން އެކްސްޕޯޓު ކޮށްފައި ވަނީ މަހުގެ ބާއްވަތްތައް ކަމަށް ކަސްޓަމްސް ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.


ހިޔާލު