Rohingya Muslimun Myanmar ah Fonuvaalan Ehbasvumeggai Soi Koffi
image
ހާލުގައި ޖެހިފައިވާ ރޮހިންޔާގެ މީހުންތަކެއް---
0 ކޮމެންޓް
 

ރޮހިންޔާ މުސްލިމުން މިޔަންމާއަށް ފޮނުވާލަން އެއްބަސްވުމެއްގައި ސޮއިކޮށްފި

މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ހަނގުރާމައިގެ ޖަރީމާތަކަށް ފިލުމަށް ރެފިއުޖީންގެ ގޮތުގައި ބަންގުލަދޭޝަށް ވަން ރޮހިންޔާ މުސްލިމުން އަނބުރާ މިޔަންމާއަށް ގެންދިއުމާ ބެހޭ އެއްބަސްވުމެއްގައި ބަންގުލަދޭޝާއި މިޔަންމާއިން ސޮއިކޮށްފިއެވެ.
މިޔަންމާގައި ރޮހިންޔާ މުސްލިމުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުނުވާ ކަމަށް ބުނެ ބައެއް ޖަމާއަތްތަކުން ކަންބޮޑުވުން ފާލު ކުރަމުން ދަނިކޮށް ބަންގުލަދޭޝްއިން ސޮއި ކުރި އެ އެއްބަސްވުމުގެ ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެއެވެ.

ބަންގުލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރޮހިންޔާ މީހުންނަށް އެނބުރި މިޔަންމާއަށް ދެވޭނެއެވެ.

މިދިޔަ އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ޖަރީމާތަކެއް ފަށާފައިވަނީ ފުލުހުންތަކަކަށް ހަމަލާ ދިން މައްސަލައެއްގައެވެ. މުސްލިމުންގެ މިސްކިތްތަކާއި ގެތައް އަންދާލާފައިވާ އިރު އެތައް ބަޔަކު މަރާ މުސްލިމު އެތައް އަންހެނުންނެއްގެ އިއްފަތްތެރިކަން ފޭރިގެންފައިވެއެވެ.

އަސްކަރިއްޔާގެ އެ ޖަރީމާތަކަށް ފިލުމަށް 600000 އެއްހާ މީހުންވަނީ ބޯޑަރު ހުރަސްކޮށް ބަންގުލަދޭޝަށް ވަދެފައެވެ.
ހިޔާލު