Fuluhunge Belumuge Dhashugai Huri Gina Adhadhehge Banguraa Nahthaalaifi
image
ފުލުހުންގެ ބެލުމުިގެ ދަށުގައިހުރު ބަނގުރާފުޅިތައް--ފޮޓޯ ޕޮލިސް
0 ކޮމެންޓް
 

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އދ. މާމިނގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ތަފާތު އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިހުރި އެ ތަކެތި ނައްތާލާފައިވަނީ އިއްޔެގެ މާމިނގިލި ޕޮލިސް ސްޓޭޝަންގައެވެ،

އިއްޔެ ނައްތާލާފައިވަނީ 400 އިންޑިސެންޓެއްގައި ހިމެނޭ، އެކި ބްރޭންޑްތަކުގެ 566 ބަނގުރާފުޅިއާއި އެކި ބްރޭންޑްތަކުގެ 358 ބިޔަރު ދަޅު ކަމަށް ފުލުހުން ބުނެއެވެ.

އެ ތަކެއްޗަކީ މިއަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އދ. މާމިގިލި އެއާޕޯޓުން ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން ބުނެއެވެ.

އެ ތަކެތި ނައްތާލާފައިވަނީ، އެ ފަދަ ތަކެތި ނައްތާލުމަށް އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ހާއްސަ ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ބުނެއެވެ.
ހިޔާލު