Sagaafathai Thaareehuge Vaahaka Social Mediagai Nudhakkaa Ihuthijaajah Nukumey: Ali Hussain
image
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން---
1 ކޮމެންޓް
 

"ސަގާފަތާއި ތާރީހުގެ ވާހަކަ ސޯޝަލް މީޑިއާގައި ނުދައްކާ އިހުތިޖާޖަށް ނުކުމޭ"

ސަގާފަތްތަކާއި ތާރީހުތައް ނައްތާލަމުންދާ އިރު އެވާހަކަ ހަމައެކަނި ސޯޝަލް މީޑިއާގައި ދައްކަން ނުތިބެ އިހުތިޖާޖަށް ނުކުތުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ގޮވާލައްވައިފިއެވެ.
އަލީ ހުސައިން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަޅުވަކަރު މިސްކިތާއި ބިހުރޯޒު ކަމަނާ މިސްކިތާއި އަލި ރަސްގެފާނު ޒިޔާރަތާއި ހުކުރު މިސްކިތާ ސަގާފަތާއި ތާރީހުގެ ވާހަކަ ސޯޝަލް މީޑިއާގައި އެކަނި ދައްކައިގެން ވާން ނެތް ކަމަށެވެ.

އަލީ ހުސައިން ވަނީ އެތަންތަން ހިމާޔަތް ކުރުމަށް އިހުތިޖާޖަށް ނުކުތުމަށް ގޮވާލައްވާފައެވެ. "އިހުތިޖާޖު ކުރަން ބޭނުން ނުވާ ނަމަ އެތަންތަން ހިމާޔަތް ކުރަން ބޭނުން ނުވަނީ އެ،" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން އެހެން ވިދާޅުވި އިރު ހުކުރު މިސްކިތް ހުރި ސަރަހައްދުގައި ހަ ސްޓަޑީ ކިއޮސްކް ގާއިމުކޮށް ފުޑް އައުޓްލެޓެއް ނުވަތަ ކެފޭއެއް ހިންގަން ވަނީ ނިންމާފައެވެ.

ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެސަރަހައްދު ދޫކުރުމަށް ހަމަޖެހިފައިވަނީ 20 އަހަރަށެވެ. އިއުލާނުގައި ބުނެފައިވާ ގޮތުގައި އެސަރަހައްދު ލޭންޑު ސްކޭޕް ކުރަން ޖެހޭނީ އެސަރަހައްުގައި ހުރި އެއްވެސް އާޘާރީ ބިނާއަކަށް ގެއްލުން ނުވާ ގޮތަށެވެ.

އެތަން ލޭންޑް ސްކޭޕް ކުރުމަށްފަހު ސަރުކާރަށް ކުލި ދައްކާނެ ގޮތުގެ ޕްރޮޕޯސަލްއެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އެންމެ ބޮޑު ކުއްޔެއް ސަރުކާރަށް ދައްކާނެ ފަރާތަކަށް އިސްކަން ދޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީން ފުރަތަމަ ކުރި އިއުލާނާ ގުޅިގެން އެކަށިގެންވާ ތަރުހީބެއް ނުލިބޭ ކަމަށް ބުނެ އެ އިއުލާން ބާތިލު ކުރުމަށްފަހު އަލުން މިހާރުވަނީ ފުރުސަތު ހުޅުވާލާފައެވެ.
ހިޔާލު

ކޮލެޖް ބޯއީ

އެ ސަރަހައްދުގައި އެބަހުރި މިހާރު ހިމާޔަތްކޮށްފައި ހުރި 8 ކަނަށް ހުރި ވަޅެއްވެސް. މިއަދު މާލޭގައި އެ ފެންވަރުގެ އާސާރީ ވަޅެއް ކޮބާ؟

އެތާ ގަ ހައެއްކަ މެކޭނިކަލް ޕާކިންގް ސިސްޓަމް ބަހައްޓާ މުއިއްޒޫ. އޭރުން އޮންނާނީ މުޅި ދުނިޔޭންވެސް ޕާކިންގް ހައްލު ވެފައި