Asaaree Tharikathah Nahthaalan Hingamundhaa Amaluthah Kuhveri Kuran: Adhaalath
image
ހުކުރު މިސްކިތް ހުންނަ ސަރަހައްދު---
1 ކޮމެންޓް
 

އާސާރީ ތަރިކަތައް ނައްތާލަން ހިންގަމުންދާ އަމަލުތައް ކުށްވެރި ކުރަން: އަދާލަތު

ދިވެހިރާއްޖޭގެ އާސާރީ ތަރަކިތައް ނައްތާލަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރަމުންދާ ކަންތައްތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީގެ ރަސްމީ ޓްވިޓަ އެކައުންޓުން މިއަދު ބުނީ ހާއްސަކޮށް މިސްކިތްތަކަށް އިހާނެތިކޮށް ހިތުމަށް ކުރަމުންދާ ކަންތައްތައް ބަލައި ނުގަންނަ ކަމަށާއި އެ ހުތުރު އަމަލުތައް ވަގުތުން ހުއްޓާލަން ގޮވާލާ ކަމަށެވެ.


ދިވެހި އުންމަތުގެ މިނިވަން ކަމައްޓަކާ ލެޔާއި ދަލުން ޖިހާދު ކުރެއްވި ބޭފުޅުންގެ ގަބުރުފުޅުތަކަށް ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ފަސްގަނޑުގައި ޖާގަ ނެތް ކަމަށާއި ތާރީހުގައި ރައީސް ޔާމީންގެ ވެރިކަން ލިޔެވިގެންދާނީ ދިވެހި ވަންތަކަމަށާއި ދިވެހި ގައުމިއްޔަތަށް ހިޔާނާތްތެރިވި ވެރިކަމެއްގެ ގޮތުގައި ކަމަށް ވެސް އަދާލަތުން ބުނެފައިވެއެވެ.

އަދާލަތު ޕާޓީން އެހެން ބުނެފައިވާ އިރު ހުކުރު މިސްކިތް ހުރި ސަރަހައްދު ލޭންޑް ސްކޭޕުކޮށް އެސަރަހައްދުގައި ސްޓަޑީ ކިއޮސްކުތަކަކާއި ކެފެޓޭރިއާއެއް ހަދައި ހިންގާނެ ބަޔަކު ހޯދަންވަނީ އިއުލާންކޮށްފައެވެ.

ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެސަރަހައްދުގައި ހަ ސްޓަޑީ ކިއޮސްކް ގާއިމުކޮށް ފުޑް އައުޓްލެޓެއް ނުވަތަ ކެފޭއެއް ހިންގަން ވަނީ ހަމަޖެހިފައެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުގައި އެސަރަހައްދު ދޫކުރުމަށް ހަމަޖެހިފައިވަނީ 20 އަހަރަށެވެ. އިއުލާނުގައި ބުނެފައިވާ ގޮތުގައި އެސަރަހައްދު ލޭންޑު ސްކޭޕް ކުރަން ޖެހޭނީ އެސަރަހައްުގައި ހުރި އެއްވެސް އާޘާރީ ބިނާއަކަށް ގެއްލުން ނުވާ ގޮތަށެވެ.

އެތަން ލޭންޑް ސްކޭޕް ކުރުމަށްފަހު ސަރުކާރަށް ކުލި ދައްކާނެ ގޮތުގެ ޕްރޮޕޯސަލްއެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އެންމެ ބޮޑު ކުއްޔެއް ސަރުކާރަށް ދައްކާނެ ފަރާތަކަށް އިސްކަން ދޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީން ފުރަތަމަ ކުރި އިއުލާނާ ގުޅިގެން އެކަށިގެންވާ ތަރުހީބެއް ނުލިބޭ ކަމަށް ބުނެ އެ އިއުލާން ބާތިލު ކުރުމަށްފަހު އަލުން މިހާރުވަނީ ފުރުސަތު ހުޅުވާލާފައެވެ.
ހިޔާލު

ހޯހޯތީ

އެކައުންޓްތަކައް ވަންނަފައިސާގެ ވާހަކަ ހިންދާލަން ސަރުކާރުން ޖައްސާގޭމެއް ތީ!