Ooredoo Color Run Anna Hukuru Dhuvahu Baahvanee
image
އުރީދޫ ކަލަރ ރަން ލޯންޗްކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން-ފައިލް ފޮޓޯ ޕްރޯލިޓް ސްޓޫޑިއޯ
0 ކޮމެންޓް
 

އުރީދޫ ކަލަރ ރަން އަންނަ ހުކުރު ދުވަހު ބާއްވަނީ

މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރި އުރީދޫ ކަލަރ ރަން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މިމަހުގެ ދެވަނަ ދުވަހު، ބޭއްވުމަށް ކުރިން ނިންމި އުރީދޫ ކަލަރ ރަން ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ކަލަރ ރަން ފެށޭނީ މިމަހުގެ އަށް ވަނަ ދުވަހުގެ 15:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ.

އުރީދޫން ބުނި ގޮތުގައި ރާއްޖޭގައި ބާއްވާ އެންމެ ކުލަ ގަދަ ދުވުން، އުރީދޫ ކަލަރ ރަން 2017 ގައި 3000 ދުވުންތެރިން ވަނީ ރަޖިސްޓްރީވެފައެވެ. ކަލަރ ރަންއަކީ ވަރަށް ތަފާތު، ކުލަ ގަދަ އަދި އެހާމެ ފޯރިގަދަ ހަރަކާތަކަށް ވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

ކަލަރ ރަން އިން ހާއްސަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. ނަމަވެސް އެއީ ސަޕްރައިޒެކެވެ.

އުރީދޫ ކަލަރ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމަށެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ.
ހިޔާލު