Rohingya Meehun Myanmar ah Fonuvaalaigen Nuvaane: UN Rights Chief
image
އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ޒައިދު ރާދު އަލް ހުސައިން---
2 ކޮމެންޓް
 

ރޮހިންޔާ މީހުން މިޔަންމާއަށް ފޮނުވާލައިގެން ނުވާނެ: އދ

މިޔަންމާގައި ސަލާމަތާ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށާއި އެހާލަތުގައި ބަންގުލަދޭޝްގައި ތިބި މިޔަންމާގެ މުސްލިމުން އަނބުރާ މިޔަންމާއަށް ފޮނުވާލައިގެން ނުވާނެ ކަމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ޒައިދު ރާދު އަލް ހުސައިން ވިދާޅުވެއްޖެއެވެ.
އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ޒައިދު ރާދު އަލް ހުސައިން އެހެން ވިދާޅުވީ ޖެނީވާގައި ހުންނަ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއްގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.

ޒައިދު ވަނީ މިޔަންމާގެ އަސްކަރިއްޔާއާއި އެހެން ބައެއް ގުރޫޕުތަކުން ރޮހިންޔާ މީހުންނާ މެދު ލާއިންސާނީ ޖަރިމާތައް ހިންގި ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އޭގެތެރޭގައި އެމީހުންގެ އަންހެނުންގެ އިއްފަތްތެރިކަން ފޭރުނު ކަމަށާއި ބަޑި ޖަހައިގެންނާއި ތަޅައިގެން އަދި ތޫނު އެއްޗެހި ބޭނުންކޮށްގެން މިޔަންމާ މީހުން މެރި ކަމަށާއި އެމީހުންގެ ގެދޮރާއި ތަންތަނުގައި ހުޅުޖަހާ އެންދި ކަމަށް ޒައިދު ވިދާޅުވެފައިވެއެވެ.

ޒައިދުގެ އެ ތުހުމަތުތައްް މިޔަންމާގެ މަންދޫބު ވަނީ ދޮގު ކުރައްވާފައެވެ. އަދި ރޮހިންޔާ މީހުން ސަލާމަތްތެރިކަމާ ރައްކާތެރިކަމާއެކު އެނބުރި މިޔަންމާއަށް ދިއުމަށް ފަހި ކުރުމުގެ މަސައްކަތް ބަންގުލަދޭޝާ އެކު ކުރަމުންދާ ކަމަށް މަންދޫބުވަނީ ވިދާޅުވެފައެވެ.
މިޔަންމާ އދ
ހިޔާލު

އިބްރާ

ހުސޭނާ. އީސްޓް ޓީމޯރގައި ތިބީ ކްރިސްޓިއަނުންނެވެ. ދުނިޔޭގައި މިވަގުތު އެންމެ ކަމެއްނެތީ އިސްލާމުންގެއެވެ. މައްސަލައަކީ ދީނުގައިވާގޮތަށް މީސްތަކުން ނޫޅުމެވެ. ވީމާ އީސްޓްޓީމޯރގައި ކްރިސްޓިއަނުންނަށް ވަކި ދައުލަތެއް ގާއިމްކޮށްދިނަސް އަދު ރޮހިންގާ މުސްލިމުންނަށް ވަކި ދައުލަތެއް ގާއިމްކުރުމަށް ކްރިސްޓިއަން ގައުމުތަކުން ނޫޅޭނެއެވެ. އަނެއްކާ މުސްލިމްގައުމުތަށްވެސް އެއުޅެނީ ކްރިސްޓިއަނުން ކުރާކަންކަން ރީތިވެ އެވެރިންނަށް ތަބާވެ އެހެންކަމުން މުސްލިމު ގައުމުތަކުންވެސް މިޔަންމާގައި މުސްލިމުންނަށް ވަކި ދައުލަތެއް ގާއިމްކުރާކަށެއް ނޭދޭނެ.

ޙުސެން.

ރޮހިންގިޔާ މީހުނަށް އީސްޓް ތީމޯރ ގައި އަމިއްލަ ވެރިކަމެއް ޤާއިމް ކޮށްދިން ގޮތަށް ވަކި ވެރިކަމެއް ޤާއިމް ކޮށްދީ ސަކާމާތީ ގެރެންޓީއެއް ހޯދާދޭން ފެނޭ.