NIC ge Member Kamah Kurimathilumuge Furusathu Alun Hulhuvaalaifi
image
ރައީސް އޮފީސް---ފައިލް ފޮޓޯ:ސީއެންއެމް
1 ކޮމެންޓް
 

އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ. kobadoctor
އެންއައިސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުޅުވާލިއެވެ. ނަމަވެސް އެކަށީގެންވާ އަދަދަށް މަގާމަށް ބޭފުޅުން ކުރިމަތިލާފައިނުވާތީ އަލުން އިއުލާނު ކުރީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ ރައީސް ޔޫސުފް މާނިއު އެ ކޮމިޝަންގެ ރައީސް ކަމުންނާއި މެންބަރު ކަމުން ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ވަކިކޮށްފައި ވަނިކޮށެވެ.

އެންއައިސީގެ ރައީސްގެ މަގާމަށް މާނިއު ހަމަޖެއްސެވީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

މާނިއު އެމަގާމުން ކުއްލި ގޮތަކަށް ވަކިކުރީ އެކޮމިޝަނުގެ ތަހުގީގުތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރައްވާފައިވަނިކޮށެވެ.

މާނިއުވަނީ ފުލުހުންނާ ދެކޮޅަށް ހުށަހެޅޭ މައްސަލަތައް ތަހުގީގު ކުރުމަށް އެކަށިގެންވާ އެއްބާރުލުން ނުލިބޭ ކަމަށާއި ކުރިއަށް އޮތްތަނުގައި އެއްބާރުލުން ނުދޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.
ހިޔާލު

Abdul Latheef

ކީއްކުރަން ކުރާކަމެއްތަ؟ ވަކި ކުރަންނުހޮވިޔަސް އެންމެ ރަގަޅުވާނެ. ބާކީ އޮތީ އެންމެ އަހަރެއް ވީމާ ތިގޮތުގައި ހިފހައްޓާލުން މާ ރަގަޅުވާނެ. އޭގެ ފަހުން ޓާޓާ