MPLge Muvazzafun Hithaanee Campah Thayyaaru Vumugai Avadhinethi!
image
އެމްޕީއެލްގެ މުވައްޒަފުން ރެހެންދި ސުކޫލު ތެރޭގައި ހިތާނީ ކޭމްޕަށް ތައްޔާރު ކުރަނީ---
1 ކޮމެންޓް
 

އެމްޕީއެލްގެ މުވައްޒަފުން ހިތާނީ ކޭމްޕަށް ތައްޔާރުވުމުގައި އަވަދިނެތި!

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ސަދަގާތު ފައުންޑޭޝަނުން ބާއްވާ ހިތާނީ ފެސްޓިވަލުގެ ތައްޔާރީތަކުގައި އެމްޕީއެލްގެ މުވައްޒަފުން ބައިވެރިވާން ފަށައިފިއެވެ. Dhiraagu
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ކޮންމެ ދުވަހަކު ވެސް ޑިއުޓީ ގަޑީގައި އެމްޕީއެލްގެ މުވައްޒަފުން ގޮސް ހިތާނީ ފެސްޓިވަލު މިއަހަރު ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ރެހެންދި ސުކޫލު ތައްޔާރު ކުރުމުގައި އުޅެމުންދާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ތަން ތައްޔާރު ކުރުމަށް ރެހެންދި ސުކޫލުގެ ތެރޭގައި އެމްޕީއެލްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާ އިރު ހިތާނީ ކޭމްޕަށް ބޭނުންވާ ބައެއް އެނދު ފަދަ ތަކެތި އެމްޕީއެލްގެ އެހެން ބައެއް ތަންތަނުގައި ވެސް ދަނީ ތައްޔާރު ކުރަމުންނެވެ.

ވީއެފްޕީން މިއަދު ސުވާލު ދެންނެވުމުން އެމްޕީއެލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހިތާނީ ފެސްޓިވަލުގެ ތައްޔާރީތަކުގައި އެ ކޯޕަރޭޝަނުގެ މުވައްޒަފުން ބައިވެރިވަމުންދަނީ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ކަމަށެވެ.

ސަދަގާތު ފައުންޑޭޝަނުން ހިތާނީ އުފާގެ ނަމުގައި މިދިޔަ އަހަރު ވެސް ކޭމްޕު ބާއްވާފައިވެއެވެ. އެ ކޭމްޕު ކުރިއަށް ގެންދިއުމުގައި ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވެއެވެ. އެ އެހީތަކުގެ ތެރޭގައި ތަން ތައްޔާރު ކުރުމާއި ކޭމްޕުގައި ބައިވެރިވި ކުދިންނަށް ހަދިޔާ ފަދަ ތަކެތި ދިނުން ހިމެނެއެވެ.

ހިތާނީ ފެސްޓިވަލު މި މަހުގެ 15 ވަނަ ދުވަހު ފަށާއިރު އެ ފެސްޓިވަލުގައި މިއަހަރު 500 ކުއްޖަކަށް ފުރުސަތު ހުޅުވާލާފައިވެއެވެ.
ހިޔާލު

ާހަސަން

ތި ކޯޕްރޭޓު ސޯޝަލް ރެސްޕޮންސިބިލީޓީ ގެ ދަށުން އަހަރެމެންގެ ދަރިން ކޮޅު ސްކޫލަށް ގެންގޮސްްދީ ގެއަށް މަސްގަނެދީ ހަދާދޭން ތި ތާގެ މުވައްޒަފުން ފޮނުވާދޭންވީނުން...