Flat Thakah Hovunnu Meehunge Medhugai Guruathulaan Fashaifi
image
ހުޅުމާލޭގައި އެންމެ ފަހުން ދޫކުރި ފްލެޓުތައް---
2 ކޮމެންޓް
 

ފުލެޓްތަކަށް ހޮވުނު މީހުންގެ މެދުގައި ގުރުއަތުލާން ފަށައިފި

ހުޅުމާލޭގައި އަލަށް އިމާރާތް ކުރި 661 ފްލެޓަށް ހޮވިފައިވާ މީހުންނަށް ފްލެޓް ހަވާލު ކުރުމަށްޓަކައި ގުރުއަތުލާން ފަށައިފިއެވެ. dhi2
ވީއެފްޕީއަށް މައުލޫމާތު ދިން މީހަލު ބުނިގޮތުގައި މިދިޔަ ހަފްތާވަނީ ގުރުއަތުލާން ފަށައިފައެވެ. އަދި ގުރުއަތުލަމުން ދަނީ ބައިބަޔަށް ބަހައިގެން ކަމަށް ވެސް އެ މީހާ ބުންޏެވެ.

އެމީހާ ބުނި ގޮތުގައި ހައުސިން މިނިސްޓްރީން ވަނީ ގުޅާފައި އެޑްވާންސް ފައިސާ ތައްޔާރު ކުރަން ވެސް އަންގާފައެވެ.

ފްލެޓްތަކަށް މަހަކު 6000 ރުފިޔާ ދައްކަން ޖެހޭ އިރު ޑައުންޕޭމަންޓުގެ ގޮތުގައި 25000 ރުފިޔާ ދައްކަން ޖެހެއެވެ. ފްލެޓަށް މަހަކު 6000 ރުފިޔާ ދައްކަން ޖެހޭ ނަމަ ފްލެޓުތަކުގެ ޖުމްލަ އަގަކީ 1800000 ރުފިޔާއެވެ.

ފުލެޓް ލިސްޓް އާންމުކޮށްފައިވަނީ ފެލްޓް ލިބުނު މީހުންގެ ނަމާއި އެޑްރެސް ނޭންގޭނެ ގޮތަށެވެ. ހައުސިން މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން ދަފްތަރާއި މާލޭގެ ރަށްވެހިންގެ ތެރެއިން ފްލެޓް ލިބުނީ 500 މީހުންނާއި ގިނަ ދުވަހު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން 161 މީހަކަށެވެ. އެހެންނަމަވެސް ސަރުކާރުން ކުރިން ބުނެފައިވަނީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 330 ފްލެޓް ދޭނެ ކަމަށެވެ.

އެ ލިސްޓު ހައުސިން މިނިސްޓްރީން އާންމުކުރީ މިއަހަރު ސެޕްޓެމްބަރު މަހު 27 ވަނަ ދުވަހުއެވެ.

ފްލެޓަށް އެދުމަށް ހުޅުވާލުމުން 15000 އަށް ވުރެ ގިނަ މީހުން ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިންވަނީ ބުނެފައެވެ.

މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ ފްލެޓުތަކެވެ. ކޮންމެ ކޮޓަރިއެއްގައި ވެސް ފާހާނާ ހުންނާނެއެވެ.
ހިޔާލު

ޖެޑީ

6000 ނޫން 7000 ދޭން ޖެހޭ

އަލީ

ތީ ގުރުއަތުލާންޖެހޭކަމެއް ނޫން. އެންބޮޑަށް ހައްގު މީހުން ސަރުކާރަށް ދެނެގަނެވޭން ވާނެ