Usable Reserve 179.8 Million Dollar ah Vehtihje
image
އެމްއެމްއޭ-ފައިލް ފޮޓޯ
0 ކޮމެންޓް
 

ޔޫޒަބަލް ރިޒާވް 179.8 މިލިއަން ޑޮލަރަށް ވެއްޓިއްޖެ

ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި މިންވަރު 179.8 މިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިއްޖެއެވެ. muni
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އާންމުކުރި ނޮވެމްބަރު މަހުގެ އިގްތިސާދީ ރިވިއުގައިވާ ގޮތުން ޔޫޒަބަލް ރިޒާވް ވަނީ އަހަރުން އަހަރަށް ބަލާއިރު ތިން އިންސައްތަ އަދި މަހުން މަހަށް ބަލާއިރު ހައެއް އިންސައްތަ ދަށަށް ގޮސްފައެވެ.

މަހުން މަހަށް ބަލާއިރު ޔޫޒަބަލް ރިޒާވް ދަށްވެފައިވަނީ އެމްއެމްއޭއަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ ދަށްވުމުން ކަމަށް އިގްތިސާދީ ރިވިއުގައި ބުނެފައިވެއެވެ.

އިގުތިސާދީ ރިވިއުގައިވާ ގޮތުން އޮކްޓޫބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 494.4 މިލިއަން އެމެރިކާ ޑޮލަރެވެ. ރަސްމީ ރިޒާވްވެސް ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އަހަރުން އަހަރަށް ބަލާއިރު ނުވަ އެއް އިންސައްތަ އަދި މަހުން މަހަށް ބަލާއިރު ރަސްމީ ރިޒާވް ފަސް އިންސައްތަ ދަށަސް ގޮސްފައިވާ ކަމަށް އިގްތިސާދީ ރިވިއުގައި ބުނެފައިވެއެވެ.
ހިޔާލު