Raajjeygai Invest Kuran Emme Rangalhu Vaguthakee Mi ee: Raees Yamin
image
ރައީސް ޔާމީން---ފޮޓޯ:ރައީސް އޮފީސް
2 ކޮމެންޓް
 

ރާއްޖޭގައި އިންވެސްޓު ކުރަން އެންމެ ރަނގަޅު ވަގުތަކީ މިއީ: ރައީސް ޔާމީން

ރާއްޖޭގައި އިންވެސްޓު ކުރަން އެންމެ ރަނގަޅު ވަގުތަކީ މިއީ ކަމަށާއި ފޮރިން ޑައިރެކްޓު އިންވެސްޓުމެންޓުތަކަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. kobadoctor
ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ބޭއްވި ބިޒްނަސް ލީޑާސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ބޭރުގެ ވިޔަފާރިތަކަށް ފަހި ކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ހާއްސަ އިގްތިސާދީ ޒޯންތަކާއި ޒުވާނުންގެ ސިޓީ ފަދަ މަޝްރޫއުތައް ހިއްސާ ކުރެއްވިއެވެ. އޭގެއިތުރުން ފޮރިން އިންވެސްޓުމެންޓު ގާނޫނާއި އިގްތިސާދީ ޒޯންތަކުގެ ގާނޫނުން ބޭރުގެ ވިޔަފާރިތަކަށް ރައްޖކާތެރިކަން ހޯދައިދީފައިވާ ކަން ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީން ވަނީ ރާއްޖޭގައި އިންވެސްޓު ކުރުމަށް އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް ދައުވަތު އަރުވާފައެވެ.

ރާއްޖޭގެ އިގްތިސާދު ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ޗައިނައިން އެހީތެރިވާކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވަނީ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް ޔާމީން ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންނެވި އިރު ޗައިނާއާއި އެކު ވުމަށް ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.
ހިޔާލު

މީރާ

އިލެކްޝަން ބޯމަތިވެފައި ވަނިކޮށްދޯ.. ބޯގޯސް ވާހަކަ.

ކޮސް

ކީއްވެ ޖުޑިޝަރީގެ ވާހަކަ ފާހަގަ ނުކޮށްލީ..އެއަށް ވުރެ ފުރިހަކަމެއް މިރާއްޖޭގައި ނެތެއްނު.