Raees Ge Abikabalun Chinage School akah Ziyaarai Kuravvaifi
image
ރައީސް އަނބިކަނބަލުން ޗައިނާގެ ސްކޫލަކަށް ޒިޔާރަތް ކޮށްފި--ފޮޓޯ ރައިސް އޮފިސް
0 ކޮމެންޓް
 

ރައީސް އަނބިކަނބަލުން ޗައިނާގެ ސްކޫލަކަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، ޗައިނާގެ ސްކޫލެއް ކަމަށްވާ ބެއިޖިންގު ޒިޝުކޫ އެލިމެންޓަރީ ސްކޫލަށް މިއަދު ހެނދުނު ޒިޔާރަތް ކުރައްވައިފިއެވެ. kobadoctor
ރައީސްގެ އަނބިކަނބަލުން ބެއިޖިން ޒިޝުކޫ އެލިމެންޓަރީ ސްކޫލަށް ޒިޔާރާތް ކުރެއްވުމުން އެސްކޫލްގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެ ޒިޔާރަތުގައި ރައީސްގެ އަނބިކަނބަލުން ވަނީ ބެއިޖިންގު ޒިޝުކޫ އެލިމެންޓަރީ ސްކޫލް ބައްލަވާ ލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އެ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމީ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީނާއި އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެއިތުރުން ޗައިނާގަ ދިރިއުޅޭ ދިވެހި ޢާއިލާތަކާ ދިވެހި ކިޔަވާ ކުދިންނާ ރައީސުލްޖުމްހޫރިއްޔާ ޔާމީން އާއި އަނބިކަނބަލުން ބައްދަލު ކުރެއްވިއެވެ.
ހިޔާލު