Raajje ah Kuraa Dhathuruthah Ethihad Airways inn Ithuru Kuranee
image
0 ކޮމެންޓް
 

ރާއްޖެއަށް ކުރާ ދަތުރުތައް އިއްތިހާދު އެއާވޭސް އިން އިތުރުކުރަނީ

އިއްތިހާދު އެއާވޭސް އިން އަބޫ ދާބީ އާއި ރާއްޖެއާއި ދެމެދު ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ. Dhiraagu
ވައިގެ ދަތުރުފަތުރާއި ގުޅޭ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެ އެއާލައިންގެ ދަތުރުތައް އިތުރު ކުރާނީ އަންނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

އެ ތާރީހުގެ ފަހުން އަބޫ ދާބީ އާއި ރާއްޖެއާއި ދެމެދު ކުރާ ދަތުރުތަކުގެ އަދަދު ހަތަރަކަށް އިތުރު ކުރާނެ ކަމަށް އެ އިއްތިހާދު އެއާވޭސް އިން ވަނީ ބުނެފައެވެ. އެއާއެކު އިއްތިހާދު އެއާވޭސް އިން އަބޫ ދާބީ އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގެ އަދަދު 11 އަށް އިތުރުވެގެން ދާނެއެވެ.

އިއްތިހާދު އެއާވޭސް އިން ބުނި ގޮތުގައި އެ ބަދަލާއެކު ރާއްޖެއަށް ހެނދުނު ފްލައިޓްތައް އަންނާނެއެވެ. އެއާއެކު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގިނަ ވަގުތު ރާއްޖޭގައި ހޭދަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.
ހިޔާލު