Investment Forum Ifthithaahukurumah Naibu Raees Dubai Ah Furaavadaigenfi
image
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު-- ފޮޓޯ؛ ރައީސް އޮފީސް
0 ކޮމެންޓް
 

އިންވެސްޓްމަންޓް ފޯރަމު އިފުތިތާހުކުރުމަށް ނައިބު ރައީސް ދުބާއީއަށް ފުރާވަޑައިގެންފި

މިއަހަރުގެ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު، މިއަދު ދުބާއީއަށް ފުރާވަޑައިގެންފިއެވެ.
މިމަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، އިންވެސްޓްމަންޓް ފޯރަމް އޮންނާނީ ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވައެވެ.

މިއަހަރުގެ ފޯރަމުގައި ހުޅުމާލޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކާއި ރީޖަނަލް އެއާޕޯޓްތައް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކުގެ އިތުރުން އިންވެސްޓްމަންޓް ބޭންކުތަކަށް ހުރި ފުރުސަތުތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

މިހާތަނަށް ރާއްޖެއިން ތިން އިންވެސްޓްމަންޓް ފޯރަމެއް ވަނީ ބާއްވާފައެވެ. އެގޮތުން 2014 ވަނަ އަހަރު ސިންގަޕޫރުގައި އިންވެސްޓްމަންޓް ފޯރަމެއް ބާއްވާފައިވާއިރު 2015 ވަނަ އަހަރު ޗައިނާގެ ބެއިޖިންގްގައި ވަނީ އިންވެސްޓްމަންޓް ފޯރަމެއް ބާއްވާފައެވެ. އަދި މިދިޔަ އަހަރު އިންޑިއާގެ ނިއު ދިއްލީގައި ވަނީ އިންވެސްޓްމަންޓް ފޯރަމެއް ބާއްވާފައެވެ.
ހިޔާލު