Siyam-Mauroof Cup Ge Final Match Ge Sharafuveri Mehemaanu Drogba Raajje Aisfi
image
ޑިޑިއާ ޑްރޮގްބާ ރާއްޖޭގައި ފޮޓޯ:---
0 ކޮމެންޓް
 

ސިޔާމް މައުރޫފް ކަޕްގެ ފައިނަލް މެޗަށް ޑްރޮގްބާ ރާއްޖެ އަތުވެއްޖެ

ސިޔާމް މައުރޫފް ކަޕުގެ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު ޑިޑިއާ ޑްރޮގްބާ ރާއްޖެ އަތުވެއްޖެއެވެ.
ނ. މާޅެންދޫގައި މި މަހުގެ 17 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލަށް ޑްރޮގްބާ ރާއްޖެ އައިސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ފައިނަލް މެޗުގައި ކުޅޭނީ މިލަދޫ އާއި ލަންދޫ އެވެ.

ޗެލްސީއާ 2004 ވަނަ އަހަރު ގުޅުމަށް ފަހު ޑްރޮގްބާ ވަނީ އެ ޓީމާއެކު ހޭދަކުރި ނުވަ އަހަރު ތެރޭގައި ހަތަރު ފަހަރެއްގެ މަތިން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށް އެއް ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ.

2012 ވަނަ އަހަރަށްފަހު ޗެލްސީ ދޫކޮށްލުމަށްފަހު ޑްރޮގްބާ ވަނީ 2014 ވަނަ އަހަރު އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ ކްލަބާ އަލުން ގުޅިފައެވެ. އެ މުއްދަތުގައި ޑްރޮގްބާ ވަނީ ޗެލްސީ އާއެކު އިތުރު ޕްރިމިއަރ ލީގަކާއި އިނގިރޭސި ލީގު ކަޕެއް ކާމިޔާބުކޮށްފައެވެ.

ޑްރޮގްބާ މިހާރު ކުޅެމުން އަންނަނީ އެމެރިކާގެ ފުޓްބޯޅަ ކްލަބެއް ކަމަށްވާ އެރިޒޯނާ ފީނިކްސްއަށެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

މިދިޔަ އަހަރު ބޭއްވި ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލަށް ރާއްޖެ ގެނެސްފައި ވަނީ ސްޕެއިން އަދި ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް އެވެ. މިވަގުތު ކާލްސް ޕުޔޯލް ވެސް ހުރީ ރާއްޖޭގައެވެ. އޭނާ ރާއްޖެ މިފަހަރު އައިސްފައިވަނީ މޯލްޑިވްސް ފުޓްބޯޅް އާއި އެފްއޭއެމް ގުޅިގެން ބާއްވާ ފުޓްބޯލް އެވާޑްސް ނައިޓުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުންނެވެ.
ހިޔާލު