Aharuge Molhu Kulhuntheriyakah Fasir, Emme Ummedhee Kulhuntheriyakah Dhaadhu
image
1 ކޮމެންޓް
 

އަހަރުގެ މޮޅު ކުޅުންތެރިޔަކަށް ފާސިރު، އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ދާދު

ނިމިގެންދިޔަ 2017 ވަނަ އަހަރުގެ ދިވެހި ފުޓްބޯޅަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އަލީ ފާސިރު (ސެންޓޭ) ހޯދައިފިއެވެ.
މޯލްޑިވްސް ފުޓްބޯލް އާއި އެފްއޭއެމް ގުޅިގެން މިރޭ ބޭއްވި ފުޓްބޯލް އެވާޑް ނައިޓުގައި މިއެވާޑު ފާސިރު ހޯދީ ޓީސީގެ އިބްރާހިމް މަހުދީ އާއި ނިއުގެ އަލީ އަޝްފާގްއާ ވާދަކޮށެވެ. މިރޭ މޮޅު ކުޅުންތެރިޔާގެ އެވާޑުގެ އިތުރުން އެންމެ ގިނަ ލަނޑު ޖަހައި ރަން ބޫޓު ވެސް ހޯދީ ފާސިރެވެ. މިއީ ޖެހިގެން ފާސިރު މިދެ އެވާޑު ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.

ސީޒަންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ނިއު ރޭޑިއަންޓުގެ ކޯޗު އޮސްކާ ބްރުޒޯން އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން އެޓީމުން ވަނީ މި ސީޒަނުގައި ތިން ތަށި ކާމިޔާބު ކޮށްފައެވެ.

މި ހަފްލާގައި އަހަރުގެ އެންމެ މުއްމީދީ ކުޅުންތެރިޔާގެ ގޮތުގައި ހޮވިފައިވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ ނާއިޒް (ދާދު) އެވެ. އަދި އެންމެ ބެސްޓް ސަޕޯޓާސް އެވާޑު ހޯދީ މާޅޮސް ޓީމުގެ ސަޕޯޓަރުންނެވެ.

އަހަރުގެ އެންމެ ހިތްގައިމު ލަނޑު ޓީސީ އިއްބެ ކާމިޔާބު ކޮށްފައިވާއިރު ހަފްލާގައި ވަނީ ފުޓްބޯޅަ އަށް ގިނަ ދުވަހު ހިދުމަތް ކުރި ފަރާތްތަކަށް އޮނަރަރީ އެވާޑު އަރުވާފައެވެ. އޮނަރަރީ އެވާޑު އަރުވާފައިވަނީ އެފްއޭމްގެ ރައީސްގެ ބައްޕާ ފުޅު އަދީލް ޖަލީލާއި ނިއުއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ކްއީން_ ވަހީދަށް ވަނީ މިއެވާޑު އަރުވާފައެވެ.

މިއަހަރުގެ އެވާޑު ނައިޓު ޝަރަފުވެރިކޮށްދެއްވީ ބާސެލޯނާގެ ކުރީގެ ތަރި ކާލަސް ޕުޔޯލް އެވެ.
ހިޔާލު

ޕިންކް ކުލަ

ބެސްޓް ފޮރިން ޕްލޭޔަރ