18-8-18 gai kaiveni kohdheyn ninmaifi
image
18-8-18 ގައި ކައިވެނި ކޮށްދޭން ނިންމައިފި
0 ކޮމެންޓް
 

18-8-18 ގައި ކައިވެނި ކޮށްދޭން ނިންމައިފި

އަންނަ 2018 ވަނަ އަހަރު އަންނަ އެންމެ ރީތި އެއް ތާރީހު ކަމުގައިވާ 18-8-18 ގައި ކައިވެނި ކޮށްދޭ ގޮތަށް ފެމެލީ ކޯޓުން އަލުން ނިންމައިފިއެވެ.
18 އޮގަސްޓް 2018 ވަނަ ދުވަހަކީ އަންނަ އަހަރު ކައިވެނި ނުކޮށްދޭ ދުވަހެއް ކަމަށް ފެމެލީ ކޯޓުން ނިންމީ އާއްމު އުސޫލުގެ ދަށުން އެކޯޓުން ކައިވެނިކޮށް ނުދޭ ދުވަހެއް ކަމަށްވާ ހޮނިހިރު ދުވަސް އެދުވަހާއި ދިމާވާތީއެވެ.

ފެމިލީ ކޯޓުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 2018 އޮގަސްޓް 18 ވަނަ ދުވަހު އެކޯޓުން ކައިވެނި ކޮށްދޭން ނިންމާފައިވާ ކަމުގައެވެ.

ހޮނިހިރު ދުވަސް ތަކާއި ރަމަޟާން މަހުގެ ފުރަތަމަ ދެ ދުވަހާއި ފިތުރު އީދާއި އަޟްހާ އީދު ބަންދު ގައި މަގުބޫލު ސަބަބެއް ނެތްނަމަ ކައިވެނިކޮށް ނުދޭން ފެމެލީ ކޯޓުންވަނީ ނިންމާފައެވެ.
ހިޔާލު