Import Dutyge Gothuga Libunu Minvaru Dhashah Gosfi
image
ފޮޓޯ: ކަސްޓަމްސް
0 ކޮމެންޓް
 

އިމްޕޯޓު ޑިއުޓީ ފީގެ ގޮތުގައި ލިބުނު މިންވަރަށް ދަށަށް ހިނގައްޖެ

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހު ދަށަށްގޮސްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތަކުއް ދައްކާ ގޮތުންގައި އިމްޕޯޓު ޑިއުޓީއާ އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހަށްވުރެ ދެ އިންސައްތަ ދަށަށް ގޮސްފައެވެ.

މިދިޔަ އަހަރުގެ ނޮވެމަބަރު މަހު އިމްޕޯޓު ޑިއުޓީއާ އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 252 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ މަހު ލިބިފައިވަނީ 246 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހުގެ ތެރޭގައި ރާއްޖެއަށް އިމްޕޯޓުކުރެވުނު މުދަލުގެ ސީއައިއެފް އަގު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު ފަސް އިންސައްތަ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާއިރު މިދިޔަ މަހު އިމްޕޯޓުކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާގެ މުދަލެވެ.

މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އިމްޕޯޓުކުރި މުދަލުގެ ތެރެއިން 23 އިންސައްތަ އިމްޕޯޓުކޮށްފައިވަނީ ޔޫއޭއީ އިންނެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށްވުރ 99 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއިން 194 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު މިދިޔަ މަހު 386 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ.

މައިގަނޑު ގޮތެއްގައި ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ މަހުގެ ބާވަތްތައްކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 36 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ.
ހިޔާލު