Thamreenu Hoadhumah Naruhunthakeh India Ah Furany
image
ނަރުހުންނަށް ބައްދަލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
0 ކޮމެންޓް
 

ތަމްރީނު ހޯދުމަށް ނަރުހުންތަކެއް އިންޑިއާއަށް ފުރަނީ

ޓިވެޓް އޮތޯރިޓީއާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގުޅިގެން ހިންގަމުން އަންނަ ޑިޕްލޮމާ އިން ނަރސިން ކިޔަވަމުންދާ 106 ދަރިވަރަކު، ތަމްރީނުތައް ހޯދުމަށް މިއަދު އިންޑިއާއަށް ފުރަން ހަމަޖެހިއްޖެއެވެ.
އެ 106 ނަރުހުން، ތަމްރީނުތައް ހޯދުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ އެސްޔޫޓީ ހޮސްޕިޓަލުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ. އެ ހޮސްޕިޓަލުގައި ދެމަސް ދުވަހުގެ މުއްދަތަކަށް ތަމްރީނު ހޯދާނޭކަމަށް އެމިނިސްޓްރީން ބުނެއެވެ.

އިންޑިއާއަށް ތަމްރީނުތައް ހޯދުމަށް ފުރާ ނަރުހުންނަށް ބައްދަލުކުރެވުމުގެ ގޮތުން ޓިވެޓްގައި އިއްޔެވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ތަމްރީނުތަކެއް ހެދުމަށް ގައުމުން ބޭރުގައި ގިނަ ދުވަހު ހުރުމަކީ ފަސޭހަކަަމެއް ނޫންކަމަށާއި އެހެންނަމަވެސް ދިމާވާ އުނދަގޫތަކަށް ހިތްވަރާއި ކެތްތެރިކަމާއިއެކު ކުރިމަތިލުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރަންވާނެ ކަމަށެވެ.

ތަމްރީނު ހޯދުމަށް ނަރުހުން އިންޑިއާއަށް ފޮނުވުމަށް ހަމަޖެހިފައި މިވަނީ 500 ނަރުުހުން ތަމްރީނުކުރަން އެޑިއުކޭޝަން މިނިސްޓްރީން ފަށާއިފައިވާ ޕްރޮގްރާމެއްގެ ދަށުންނެވެ.

އެޕްރޮގަރާމް ފެށިއިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ދިވެހި ނަރުހުން ނެތުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އެމައްސަލަ ހައްލުވަމުން އަންނަ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

މީގެކުރިންވެސް ނާސިން ކިޔަވަމުންދިޔަ ދަރިވަރުންތަކެއް ވަނީ އިންޑިއާ ގެ ހޮސްޕިޓަލަކުން ތަމްރީނު ހޯދާފައެވެ.
ހިޔާލު