Molhadhoo Engine geyge Thijoorin Vagah Negi Faisaathah Hoadhaifi
image
0 ކޮމެންޓް
 

މޮޅަދޫ އިންޖީނުގޭގެ ތިޖޫރީން ވަގަށް ނެގި ފައިސާތައް ހޯދައިފި

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ހއ. މޮޅަދޫ އިންޖީނުގޭން ވަގަށް ނަގައިފައިވާ ތިޖޫރީގައި ހުރި ފައިސާތައް ހޯދައިފިއެވެ.
އެ މައްސަލައިގެ ތުހުމަތުގައި އުމުރުން 20 އަހަރުގެ ފިރިހެނަކާއި އުމުރުން 26 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ ތެރެއިން އެކެއްގެ ގެ، ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރުމުގެ ތެރޭގައި، ތިޖޫރީގައި ހުރި ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ އަދަދަށް ފައިސާ ފެނިފައިވާ ކަމަށެވެ. އަދި ތިޖޫރި ހަލާކުކޮށްލުމަށް ބޭނުންކުރި އާލަތްތައްވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ތިޖޫރި ވަގަށް ނެގިއިރު އެ ތިޖޫރީގައި 38740 ރުފިޔާ ހުންނާނެ ކމަށް މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޝާމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ހިޔާލު