Mirey Bodu Jamaa'athga Maqrib Namaadhu Kuranee
image
2013 ވަނަ އަހަރުގެ އީދު ނަމާދުގެ ބޮޑު ޖަމާއަތުގެ ތެރެއިން
4 ކޮމެންޓް
 

މިރޭ ބޮޑު ޖަމާއަތުގައި މަޤްރިބް ނަމާދު ކުރަނީ

ރާއްޖެ އިސްލާމުވީ ދުވަހުގެ މުނާސަބަތުގައި ބޮޑު ޖަމާއަތުގައި މަޤްރިބް ނަމާދު ކުރަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެ އިސްލާމުވި ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ އެ މިނިސްޓްރީއާއި ހޯމް މިނިސްޓްރީ ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ބޮޑު ޖަމާއަތުގައި މަޤްރިބް ނަމާދު ކުރުން އޮންނާނީ މިރޭ އިސްލާމީ މަރުކަޒުގައެވެ. މަޤްރިބް ނަމާދަށްފަހު ހާއްސަ ދުއާއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މުއައްސަސާތަކުން އެކަމުގައި ބައިވެރިވާއިރު އާންމުންނަށްވެސް ބައިވެރިވެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ދުއާ ކުރުން ރާއްޖޭގެ ރަށްރަށުގައިވެސް ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މާދަމާރޭ އިސްލާމީ މަރުކަޒުގެ މައިދާނުގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބިލްއާޙިރް މަހުގެ ދެވަނަ ދުވަސް (މާދަމާ)އެވެ.
ހިޔާލު

ރަށުމީހާ

އިސްލާމީމަރުކަޒު ސަރަޙައްދުގަ ޖަމާއަތް ހަދައިގެން ދުއާ ކުރުމީ މަނާކަމަކޭ ކީއަޑުއެހިން މިހާރު ކިހިނެއް މިވީ

ސުވާލު

މި ދުޢާގައި ބައިވެރިވާ މީހުން ހައްޔަރު ކުރާނެތަ؟

ދޮން އާމިރު

އަނެއްކާ ބަކިބަޔަކުތޯ ވައްދަނީ...

ބެއްޔާ

މަށެއްނުދާނަން ކަންދެއްކުމުގެ ނަމާދަކައް!