Maalhedhoo Bandharai Miskih Raees Hulhuhvai Dhevvaifi
/
image
ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

މާޅެންދޫ ބަނދަރާއި މިސްކިތް ރައީސް ހުޅުއްވައި ދެއްވައިފި

ރާއްޖޭގެ ތިން އަތޮޅަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު ކުރައްވަމުންގެންދާ ދަތުރުފުޅުގައި، މިއަދު ހެނދުނު ނ. މާޅެންދޫ އަށް ވަޑައިގެން އެރަށުގެ ބަނދަރާއި މިސްކިތް ހުޅުއްވައިދެއްވައިފިއެވެ.
މާޅެންދޫގައި މިއަދު ހުޅުވުނު އެބަނދަރަކީ 800 ފޫޓު ދިގު، އަދި 250 ފޫޓު ފުޅާ ބަނދަރެކެވެ.

މާޅެންދޫގެ ބަނދަރުގެ މަސައްްކަތްކޮށްފައިވަނީ އައިޑީބީގެ ލޯނެއްގެ ދަށުންނެވެ.

ރައީސް ޔާމީނުގެ އެދަތުރުފުޅުގައި މާޅެންދޫގެ މަސްޖިދުލް ތަގްވާ މިސްކިތް ވެސް ވަނީ ހުޅުއްވައިދެއްވާފައެވެ. އެމިސްކިތަކީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޅާފައިވާ މިސްކިތެކެވެ. 900 އެއްހާ މީހުން ދިރިއުޅެމުން އަންނަ މާޅެންދޫގައި މިއަދު ރައީސް ހުޅުއްވައިދެއްވި އެމިސްކުތުގައި އެއްފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި ނ. ހެނބަދޫގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަތޮޅު ހޮޅުދޫއާއި ވެލިދޫގެ ބަނދަރު ހުޅުވައިދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެދަތުރުފުޅުގައި ޅ. ހިންނަވަރުގެ އިތުރުން ބ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ހިޔާލު

އިބުރާހީމް ރަޝީދު

ތިޔަ މިސްކިތަކީ އެމް.ޑީ.ޕީ ވެރިކަމުގައި އަޅަން ފެށި މިސްކިތެއް. އަދި ކިރިޔާ ތިހުޅުވުނީ.