Auditor Generalge Office Audit Kohdheyne Faraatheh Hoadhany
image
މަޖިލިސް ޖަލްސާއެއްގެ ތެރެއިން: ފައިލް ފޮޓޯ
0 ކޮމެންޓް
 

އޮޑިޓާ ޖެނެރަލްގެ އޮފީސް އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދަނީ

އޮޑިޓާ ޖެނެރަލްގެ އޮފީސް އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދަން ރައްޔިތުންގެ މަޖިލީހުން އިއުލާނުކޮށްފިއެވެ.
މަޖިލީހުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، އޮޑިޓް އޮފީސް އޮޑިޓްކުރަން ބޭނުންވަނީ އެއްލައްކަ ރުފިޔާއަށްވުރެ ކުޑަ އަގެއްގައި ކަމަށެވެ.

އެއޮފީސް އޮޑިޓް ކުރުމަށް ހުށަހެޅޭނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީ ކޮށްފައިވާ "އޭ" ކެޓަގަރީގެ އޮޑިޓަރަކަށެވެ.

އޮޑިޓާ ޖެނެރަލް އޮފީސް އޮޑިޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެފުރުސަތަށް ހެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖެނުއަރީ މަހުގެ 21 އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހަކީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް އޮޑިޓްކުރާ މިނިވަން މުއައްސަސާއެކެވެ. އޮޑިޓް ގާނޫނު ބުނާގޮތުން އެއޮފީސް އޮޑިޓްކުރާނެ ފަރާތެއް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.
ހިޔާލު