Kelaa ga Hingi Accident eh ga Zuvaanakashaai Kuda Kujjakah Aniyaa Vehje
image
ހއ. ކެލާ-- ފޮޓޯ: ކެލާ ފޭސްބުކް ޕޭޖް
0 ކޮމެންޓް
 

ކެލާގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށާއި ކުޑަކުއްޖަކަށް އަނިޔާވެއްޖެ

ހއ. ކެލާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށާއި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި އިއްޔެ 18:00 ހާއިރު ކެލާ ސުކޫލު ކައިރީގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 14 އަހަރުގެ ކުޑަ ކުއްޖަކަށާއި އުމުރުން 20 އަހަރުގެ ޒުވާނަކަށެވެ.

އެ އެކްސިޑެންޓުގައި ޒުވާނާގެ ފައި ބިނދިފައިވާ ކަމަށާއި ޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް ހއ. ދިއްދޫއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓުގައި ކުޑަ ކުއްޖާގެ ބޯ ފަޅައިގެން ދިޔަ ކަމަށާއި ކެލާ ސިއްހީ މަރުކަޒުން އެ ކުއްޖާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާވި ޒުވާނާއަކީ ސައިކަލު ދުއްވަން އިން މީހާ ކަމަށާއި ކުޑަކުއްޖާ އިނީ ސައިކަލުގެ ފަހަތުގައި ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓުގައި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެހާދިސާގައި ޕިކަޕު ދުއްވަން އިން މީހާއަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ހިޔާލު